ޑޮލަރު މައްސަލަ ހައްލުކުރެވޭނީ ވެރިކަމުގެ މުއްދަތު ދަންމާލައިގެން: އުއްޗު

ޚަބަރު ފަހުގެ

ޔޫޓިއުބް ޗެނަލް، ދެނޯގެ ދެވަނަ އެޕިސޯޑްގައި ވާހަަކަފުޅު ދައްކަވަމުން މުހައްމަދު މޫސާ (އުއްޗު) ވިދާޅުވީ، ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ރާއްޖެއަކީ އެންމެ ގިނަ އަދަކަކަށް ޑޮލަރު ވަންނަ އެއް ގައުމުކަމަށާއި، ރާއްޖެއަކީ ޑޮލަރު ހަމަ ވާރޭ ވެހޭ ހެން ވެހޭ ތަނެއްކަން އެންމެންވެސް ގަބޫލުކުރަން ޖެހޭނެކަމަށެވެ.

ކިތަންމެ މީސްކޮޅު މަދުނަމަވެސް ރާއްޖެއަކީ ބޮޑު ތަނެއްކަން ފާހަގަކުރައްވަމުން އުއްޗު ވިދާޅުވީ 200 ވަރަކަށް ރަށުގައި މީހުން ދިރިއުޅޭއިރު، އެ ހުރިހާ ތަނަކަށް ބޭނުންވާ ކަންކަން ސަރުކާރުން ކޮށްދޭންޖެހޭކަމަށާއި، އެއީ ރާއްޖެ އުފެދިފައިވާގޮތުން ބޮޑެތި ހަރަދުތަކެއް ހިނގާކަމެއްކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“އެހެންވީމާ މުއްދަތް މާކުޑައީ ވެރިންނަށް. ކޮންމެ ވެރިޔަކު ހުއްޓަސް. އެހެންވީމާ އެންމެ މަދުވެގެންވެސް 10 ވަރަކަށް ނުވަތަ 15 ވަރަކަށް އަހަރު ވެރިޔަކަށް ލިބިގެން ނޫނީ ނުކުރެވޭނެ މިކަމެއް. ފުރަތަމަ އެކަމެއްވެސް ނުކުރެވޭނެ. ޑޮލަރުވެސް އަގު ދަށަކަށް ނުދާނެ. ރައްޔިތުންގެ މި ޑިމާންޑް އޮންނަ ވަރާ ބަލާފަ،” އުއްޗު

ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭން ލޯނު ނަގަން ޖެހޭކަމަށާއި ރައްޔިތުން ބުންޏަސް ނުބުންޏަސް ވެރިން ލޯނު ނަގާނީ ރައްޔިތުން އެދުމުންކަން ފާހަގަކުރައްވަމުން އުއްޗު ވިދާޅުވީ، ރާއްޖެއަކީ ބޭރުން ހުރިހާ އެއްޗެއް އެތެރެކުރަން ޖެހޭ ގައުމަކަށް ވުމުން ރައްޔިތުން އެދޭކަންކަން ކުރަން ބޮޑެތި ހަރަދުތައް ހިނގާނެތީ ޑޮލަރު މައްސަލަ ހައްލުވާނީ ރާއްޖޭގެ ރަށްތައް ހުރި ގޮތުން ވެރިކަމުގެ މުއްދަތު އިތުރުކޮށްގެން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ