ފުލުހުންގެ އަތުން 30،000 ޑޮލަރު ގެއްލުނު މައްސަލައެއް ބަލަނީ

ޚަބަރު ފަހުގެ

ފުލުހުންނަށް ހުށަހެޅުނު މައްސަލައެއްގައި އަތުލައިގަތް ގިނަ އަދަދެއްގެ ފައިސާ ގެއްލުނު މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ މިއީ 2019ވަނަ އަހަރުގެ ސެޕްޓެމްބަރު 15ވަނަ ދުވަހު ހުށަހެޅުނު މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާތަކެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން އެ ފައިސާގެ ޖުމްލަ، ހިސާބުގެ ފަރަގަކާ ގުޅޭ މައްސަލައެއް ފުލުހުންގެ ކްރިިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި 30،000 ޑޮލަރުގެ ފަރަގެއް ވަނީ ފާހަގަވެފަ އެވެ. މިކަން ފާހަގަވެފައިވަނީ އިއްޔެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

“ހަލާކުވެފައިވާ ފައިސާ ވެސް، ފައިސާ ބެހެއްޓިފައިވާ ތަނުން، ކޮތަޅެއްގެ ތެރެއިން ފެނިފައިވާތީ އެކަން ފޮރެންސިކް މެދުވެރިކޮށް ދަނީ ބަލަމުން،” ފުލުހުން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ