ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު “ދަރުމަވަންތަ” ޤައުމީ ދިފާޢީ ބާރާއި ހަވާލުކޮށް ކޮމިޝަންކޮށްފި

ޚަބަރު ފަހުގެ

ދަރުމަވަންތަ މަނަވަރު ޤައުމީ ދިފާޢީ ބާރާއި ހަވާލުކުރުމާއި ކޮމިޝަންކުރުމުގެ ރަސްމިއްޔާތު އޮތީ ރޭ ހުޅުމާލެ އެމްޕީއެލް ސަރަހައްދުގައެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިފައިންގެ އެންމެމަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއެވެ.

ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ދަރުމަވަންތަ ޤައުމީ ދިފާޢީ ބާރާއި ހަވާލުކޮށް ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި މަނަވަރު ހަވާލުކޮށްދެއްވީ ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކަދިރް ޔިލްޑްޒްއެވެ. ރާއްޖޭގެ ފަރާތުން މަނަވަރާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މިރަސްމިއްޔާތުގައިވަނީ ދިވެހިރާއްޖޭގެ ފަރާތުން ތުރުކީ ސަރުކާރަށް ޝުކުރުގެ ހަނދާނީ ލިޔުމެއްވެސް ހަވާލުކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ޤައުމީ ދިފާޢީ ބާރާއި ހަވާލުކޮށް ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި މަނަވަރުގެ ނަން ކަޝްފުކޮށްދެއްވީ ސިފައިންގެ އެންމެމަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއެވެ.

އެއަށްފަހު ދިވެހިރާއްޖޭގެ ޤައުމީ ދިދައާއި ޚިދުމަތް ފެށުމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާވަނީ ހަވާލުކޮށްދެއްވާފައެވެ. ޤައުމީ ދިދަ އާއި ޚިދުމަތް ފެށުމުގެ ލިޔުމާއި ހަވާލުވެލެއްވީ ދަރުމަވަންތަ މަނަވަރުގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނަންޓް ކާނަލް ޙަސަން ޝިނާންއެވެ.

އަސްކަރީ މަނަވަރު ކަމިޝަން ކުރުމުގެ ގޮތުން ސިފައިންވަނީ މަނަވަރުގައި ޚާއްސަ ޑްރިލްއެއް ބާއްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ