ސިޓީއަށް ފަސޭހަ މޮޅެއް، ތާވަލްގެ އެއްވަނައަށް ޖެހިލައިފި

ކުޅިވަރު ފަހުގެ

މެންޗެސްޓަރ ސިޓީއާއި ވުލްވްސްއާ ދެމެދު ކުޅެވުނު ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގެ މެޗުގައި ރެއިންޑާޒްގެ މޮޅު ކުޅުމާއެކު ސިޓީން ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ. މި މެޗު ކުޅެވުނީ އޯގަސްޓް 16ގައި ވުލްވާހެމްޕްޓަންގެ ދަނޑުކަމަށްވާ މޮލިނަކްސް ސްޓޭޑިއަމްގައެވެ.

މެޗުގައި ސިޓީއަށް އަލަށް ސޮއިކުރެވުނު ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް މޮޅު ކުޅުމެކެވެ. ޚާއްޞަކޮށް ކުރިން އޭސީ މިލާންއައް ކުޅުނު ރެއިންޑާޒްގެ ފަރާތުން ފެނުނު ކުޅުން ވަރަށް ފާހަގަކޮށްލެވުނެވެ. މި މެޗުގައި ހާލަންޑް ވަނީ ސިޓީއަށް ދެ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި ރެއިންޑާޒް ވަނީ އެއް ގޯލާއި އެއް އެސިސްޓް ހޯދައިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މެޗުގެ ފުރަތަމަ ގޯލު ސިޓީއަށް ކާމިޔާބުކޮށްދިނީ 34 ވަނަ މިނެޓްގައި ހާލަންޑެވެ. މި ގޯލު ޖެހީ ރީކޯ ލުވިސް ތިރިތިރިން ދުއްވާލި ހުރަހަކުންނެވެ. ދެވަނަ ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ 37 ވަނަ މިނެޓްގައި ރެއިންޑާޒްއެވެ. މި ގޯލު ބޮބް ދިން ޕާހަކުން އެއްފަހަރުން ގޯލްގެތެރެއަށް ފޮނުވާލީ ރެއިންޑާޒްއެވެ.

ތިންވަނަ ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ 61 ވަނަ މިނެޓްގައި އަނެއްކާވެސް ހާލަންޑެވެ. މި ލަނޑު ޖެހީ ރެއިންޑާޒް ދިން މޮޅު ޕާހަކުންނެވެ. ހަތަރުވަނަ ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ 81 ވަނަ މިނެޓްގައި އަލަށް ސޮއިކުރި ކުޅުންތެރިއެއް ކަމަށްވާ ރަޔާން ޗާކީއެވެ. މި ލަނޑު ޖެހީ އޮރައިލީ ދިން ޕާހަކުންނެވެ.

މި ނަތީޖާއާއެކު މެންޗެސްޓަރ ސިޓީ ވަނީ ޕްރިމިއަރ ލީގުގެ ތާވަލްގެ އެއްވަނައަށް ޖެހިލާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ