ކްރިސްޓަލް ޕެލަސްއިން ޗެލްސީ ހިފަހައްޓައިފި!

ކުޅިވަރު ފަހުގެ

އިނގިރޭސި ޕްރިމިއަރ ލީގުގަ، އިއްޔެ ޗެލްސީއާއި ކުރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު 0-0 ން އެއްވަރުވެއްޖެއެވެ. މި މެޗު ކުޅުނީ ޗެލްސީގެ ދަނޑުކަމަށްވާ ސްޓެމްފޯޑް ބްރިޖްގައެވެ.
މި މެޗުގައި ޗެލްސީން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ، ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެހެންނަމަވެސް އެ ހަމަލާތައް ގޯލަކަށް ބަދަލުކުރުމަށް އެޓީމަށް ވަނީ ނާކާމިޔާބުވެފައެވެ.

ޗެލްސީން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށް ވެފައިވަނީ ކުރިސްޓަލް ޕެލަސްގެ ގޯލްކީޕަރު ހެންޑާސަންއެވެ. ހެންޑާސަންގެ ފަރާތުން މި މެޗުގައި ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. އޭނާ ވަނީ ޗެލްސީގެ ގިނަ ހަމަލާތައް މަތަކޮށް، ޕެލަސްއަށް އަގުހުރި އެއް ޕޮއިންޓް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ނަތީޖާއާއެކު ދެޓީމަށް ލީގުގައި ފުރަތަމަ ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީގެ ސަޕޯޓަރުން އުންމީދު ކުރާނީ ކުރިއަށް އޮތް މެޗުތަކުން ރަނގަޅު ނަތީޖާއެއް ހޯދައި، ލީގުގެ ކުރިއަށް ދިއުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ