ރޭ ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއިން އާސެނަލް ކާމިޔާބުކޮށްފިއެވެ. މި މެޗު ކުޅުނީ އޯގަސްޓް 17 ވާ ހޮނިހިރު ދުވަހުގެ ރޭ، މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑުކަމަށްވާ އޯލްޑް ޓްރެފޯޑްގައެވެ.
މެޗުގެ 13 ވަނަ މިނެޓުގައި ނެގި ކޯނަރަކުން ކަލަފިއޯރީ ކާމިޔާބުކުރި ގޯލަކީ މެޗުގެ ހަމައެކަނި ގޯލެވެ. މެންޗެސްޓާ ޔުނައިޓެޑްއަށް ގޯލެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، މެޗުގެ ވަރަށް ގިނަ ހަމަލާތަކެއް އާސެނަލްގެ ގޯލަށް ފޮނުވާލިއެވެ. ނަމަވެސް، އެ ހުރިހާ ހަމަލާތަކެއްގެ ހުރަހަކަށް ވެފައިވަނީ އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރަޔާއެވެ. އޭނާގެ މޮޅު ކުޅުމުގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑްއަށް ވަނީ ގޯލެއް ޖެހުމުގެއި ނާކާމިޔާބުވެފައެވެ.
މި ސީޒަނަށް މެންޗެސްޓާ ޔުނައިޓެޑަށް އަލަށް ގުޅުނު ކުޅުންތެރިން ކަމަށްވާ މަތިއުސް ކުންހާ އާއި އެމްބުއޭމޯގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.
މި ނަތީޖާއާއެކު އާސެނަލް ވަނީ ޕްރިމިއާ ލީގުގެ ތާވަލުގެ 6 ވަނައަށް ޖެހިލާފައެވެ.


