ލީޑްސް އިން އެވަޓަންގެ މައްޗަށް ކުރިހޯދައިފި!

ކުޅިވަރު ފަހުގެ

ރޭ ކުޅެވުނު ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ މެޗެއްގައި، ލީޑްސް ޔުނައިޓެޑް އިން އެވަޓަންގެ މައްޗަށް އެއް ލަނޑު ސުން ލަނޑުން މޮޅުވެ، ލީގު ތާވަލުގެ 7 ވަނައަށް ޖެހިލައިފިއެވެ.

މި މެޗް ކުޅެވުނީ ލީޑްސްގެ ދަނޑު ކަމަށްވާ އެލާންޑް ރޯޑްގައި، ރޭ 12 ޖެހިއިރުއެވެ. މެޗުގެ ގިނަ ވަގުތު ބޯޅަ ގެންގުޅެ، ލީޑްސް އިން ވަނީ މެޗު ޑޮމިނޭޓް ކޮށްފައެވެ. އެގޮތުން ލީޑްސް އިންވަނީ 21 ހަމަލާ އުފައްދާފައެވެ.
މެޗުގެ ހަމައެކަނި ލަނޑު ލީޑްސް އިން ކާމިޔާބު ކުރީ 84 ވަނަ މިނިޓްގައެވެ. މި ލަނޑަކީ ލޫކަސް ނެމްޗާ ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. ޕެނަލްޓީ ލިބިފައިވަނީ، އޭރިއާ ބޭރުން ސްޓޭޗް ފޮނުވާލި ހަމަލާ އެވަޓަންގެ ޑިފެންޑަރ ޓާވޯސްކީގެ އަތުގައި ޖެހުމުގެ ސަބަބުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ލީޑްސްގެ ލަނޑަށްފަހު، އެވަޓަން އިންވެސް ވަނީ ކުޅުން ރަނގަޅުކޮށް، ގޯލަށް ނުރައްކާވާފަދަ ބައެއް ހަމަލާތައް އުފައްދާފައެވެ. ނަމަވެސް އެވަޓަންއަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ