އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ވެރިއަކަށް ހައްސާން އައްޔަނުކޮށްފި

ޚަބަރު ފަހުގެ

ރާއްޖޭގެ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކުގެ ޒިންމާތައް މަތިކުރެވިފައިވާ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ(އީއާރުއޭ)ގެ ވެރިއަކަށް ހައްސާން މުހައްމަދު އައްޔަނުކޮށްފި އެވެ.

އީއާރުއޭގެ ރަސްމީ އެކްސް އެކައުންޓުން އިއްޔެ ކުރި ޕޯސްޓެއްގައި ވަނީ ހައްސާން އެ މަގާމަށް އައްޔަނުކުރިކަން ހާމަކޮށް އޭނާއަށް މަރުހަބާ ކިޔައިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި ހައްސާންގެ ލީޑާޝިޕްއާއި ތަސައްވަރުގެ ދަށުން ތިމާވެށި ރައްކާތެރިކުރުމުގެ ކަންކަމާއި ދެމެހެއްޓެނިވި ތަރައްގީގެ ކަންކަން ވަރުގަދަވެގެންދާނެ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.

ކުރިން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ނަމުގައި ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތައް ކުރަމުންދިޔަ އިދާރާ އީއާރުއޭގެ ނަމަށް ބަދަލުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެ ބަދަލާއެކު، މިހާތަނަށް ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގި އިދާރާއެއްގެ ގޮތުގައި އެ އިދާރާ އޮތް ހައިސިއްޔަތު ބަދަލުވެ، އެއީ ސީދާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ