10 ކުޅުންތެރިންނާއެކު ކުޅެ ސައުދީ ސުޕަރ ކަޕްގެ ފައިނަލުން އަލްނަސްރު ޖާގަ ހޯދައިފި

ކުޅިވަރު ފަހުގެ

ސައުދީ ސުޕަރ ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި، މެޗްގެ ބޮޑުބައި 10 ކުޅުންތެރިންނާއެކު ކުޅެ އަލްނަސްރުން އަލްއިއްތިހާދު ބަލިކޮށް ފައިނަލުން ޖާގަ ހޯދައިފިއެވެ. މި މެޗް ކުޅެވުނީ އަންގާރަ ދުވަހު ރާއްޖޭ ގަޑިން ހަވީރު 5 ޖެހިއިރު ޗައިނާގެ ހޯންގް ކޯންގް ސްޓޭޑިއަމްގައެވެ.

މެޗް އަލްނަސްރުން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މެޗްގެ ފުރަތަމަ ހާފްގެ 25 ވަނަ މިނެޓްގައި އަލްނަސްރުގެ ފޯވާޑް މާނޭ އަލްއިއްތިހާދުގެ ގޯލްކީޕަރަށް ކުރި ފައުލްއަކާ ގުޅިގެން ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިކަމުގެ ސަބަބުން މެޗްގެ ބޮޑު ބައެއް އަލްނަސްރު ކުޅެފައިވަނީ 10 ކުޅުންތެރިންނާއެކުއެވެ.

މެޗްގެ ފުރަތަމަ ލަނޑު އަލްނަސްރުން ޖަހާފައިވަނީ 10 ވަނަ މިނެޓްގައި ބުރޮޒޮވިޗް ތިރިތިރިން ދުއްވާލި ހުރަހަކުން މާނޭއެވެ. ނަމަވެސް، މާގިނައިރުތަކެއް ނުވެ 16 ވަނަ މިނެޓްގައި އަލްއިއްތިހާދަށް އެއްވަރުކޮށްދީފައިވަނީ ޑިއާބީ ދިން ޕާހަކުން ބާރޖެވިންއެވެ.

މެޗްގައި އަލްނަސްރުގެ މޮޅުވި ލަނޑު ޖަހައިދީފައިވަނީ 61 ވަނަ މިނެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕާހަކުން މި ސީޒަންގައި އަލްނަސްރަށް އަލަށް ގުޅުނު ޖަޢޮ ފީލިކްސްއެވެ. މި ލަނޑު ރެފްރީ ފުރަތަމަ އޮފްސައިޑް ދެއްކި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ވަނީ ގޯލެއްގެ ގޮތުގައި ނިންމާފައެވެ.

މި މޮޅާއެކު އަލްނަސްރު މިވަނީ ސައުދީ ސުޕަރ ކަޕްގެ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ފައިނަލަށްދާ ދެވަނަ ޓީމް އެނގިގެންދާނީ ބުދަ ދުވަހު ކުޅެވޭ ސެމީ ފައިނަލްގެ ދެވަނަ މެޗުންނެވެ. މި މެޗްގައި ބައްދަލްކުރާނީ އަލްޤަދާސިއާ އާއި އަލްއަހްލީއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ