ހދ. ހަނިމާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ.
މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ހަނިމާދޫއަށް ކުރައްވާ ޒިޔާރަތުގައެވެ.
މިތަނުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފާއި އަދި ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއްސަތާރު ހަސަނެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ތަން ތަރައްގީކުރަން ހަވާލުކޮށްފައި ވަނީ އެމްއޭސީއެލް އާ އެވެ.


