މަރުވެފައިއޮއްވާ ފެނުނީ ގެއްލިގެން ހޯދާ ބިދޭސީ މީހެއްކަމަށް ބެލެވޭ

ޚަބަރު ފަހުގެ

ހުޅުމާލެ ވޯޓަރ ތީމް ޕާކުގައި މަރުވެފައި އޮތްވާ ފެނިފައިވަނީ މަހުގެ 21ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާކަމަށް ބެލެވޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ވޯޓަރ ޕާކް ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިފައިވަނީ އިއްޔެއެވެ. މަރުވެފައި އޮތްވާ ފެނުނީ ފިރިހެނެއް ކަމަށާއި އޭނާގެ ހަށިގަނޑު އޮތީ ކުނިވެފައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފުލުހުން ވިދާޅުވީ މިހާތަނަށް މަރުވެފައިވަނީ ކާކުކަން ކަށަވަރުނުކުރެވުނު ނަމަވެސް އެއީ މި މަހުގެ 21ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާކަމަށް ބެލެވިދާނެ ބައެއް ކަންކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. އަދި އޭނާގެ އައިޑެންޓިޓީ ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މަރުވެފައި އޮތް މީހަކު ފެނިފައިވަނީ ހުޅުމާލެ ވޯޓަރ ތީމްޕާކު ސަރަހައްދުގެ އަތިރިމަތިން ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަ ފުލުހުން ގެންދަވަނީ އިތުރަށް ތަހުގީގުކުރައްވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ