އަދީބުގެ އެމްޓީޑީ އުވާލަން ނިންމައިފި

ޚަބަރު ފަހުގެ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން އެމްޓީޑީ އުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެހެންކަމުން، އެ ޕާޓީން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، މި މަހުގެ 31 ގެ ނިޔަލަށް، އެކަން އެ ޕާޓީއަށް ހުށަހަޅައި ނިންމުމަށް ވަނީ އެދިފަ އެވެ.

އެމްޓީޑީ އުފައްދާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ޕާޓީގެ ދަފްތަރުގައި މިވަގުތު ތިބީ 2272 މެމްބަރުންނެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ