މަކުނުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހަވާލުކޮށްފި

ޚަބަރު ފަހުގެ

މި މަސައްކަތް ފެށުމަށް އާރްޑީސީއާއި ހަވާލުކޮށްފައި ވަނީ ރައީސް، ޑރ. މުހައްމަދު މުއިއްޒު މިހާރު ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަނުކުދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައެވެ.

އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އަދި އާރްޑީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ނަޒީމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ޖަލްސާގައި ވާހަކަދައްކަވަމުން މަގުހެދުމުގެ މަޝްރޫއުއާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެއީ މަކުނުދޫއަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިއަދު ސޮއިކުރެވިގެންދިޔަ މަގު ހެދުމުގެ މަޝްރޫއު ހަލުވި ކަމާއެކު ނިންމާދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

މި ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެ މަޝްރޫތައް ސަރުކާރުން ކުރިއަށްގެންދާއިރު ރައްޔިތުން ބޭނުންވާގޮތަށް ކަންތައްތައް ކުރިއަށްގެންދިއުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ