ފިރިހެނަކު ގެއްލިގެން ހޯދަނީ

ޚަބަރު ފަހުގެ

ގެއްލިގެން ހޯދަނީ ފުވައްމުލައް ދޫނޑިގަން، ފަސީހްއާބާދު، މަސީޙް ޢަބްދުލް ޙަކީމް، 41، އެވެ،

ފުލުހުން ބުނީ، އާއިލާ އަށް ޚަބަރެއް ނުވެ އޭނަ ގެއްލިފައިވާ ކަމަށް މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ރިޕޯޓުކޮށްފައިވާތީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މަސީހަކީ ހުޅުމާލޭގެ އެމްޕީއެލް ޓަވަރުގައި ދިރިއުޅެމުން އަންނަ މީހެއް ކަމަށާއި އޭނާގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުން ވީ މި މަހުގެ 20 ވަނަ ދުވަހު ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެހެންވެ މަސީޙްއާ ބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ