ހަނިމާދޫ ކައުންސިލުން ކުނި މެނޭޖްކުރުމުގެ ޚިދުމަތުގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ގެއަކަށް ޑަސްބިން ހަވާލުކުރަން ފަށައިފި

ހަނިމާދޫ ފަހުގެ

ހަނިމާދޫ ކައުންސިލުން، ރަށުގެ ކުނި މެނޭޖްކުރުމުގެ ޚިދުމަތުގައި ރަޖިސްޓްރީވެފައިވާ ހުރިހައި ގެއަކަށް ކުނި ބެހެއްޓުމަށް ޚާއްސަ ޑަސްބިން ފޯރުކޮށްދިނުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ރަށުގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ސާފުތާހިރު މާހައުލެއް ދެމެހެއްޓުމަށާއި، ކޮންމެ ގެއަކުންވެސް ކުނި ރަނގަޅަށް ބެހެއްޓޭނެ ނިޒާމެއް ގާއިމުކޮށް، މަގުމައްޗަށް ކުނި އެޅުން ހުއްޓުވުކަމަށް ހަނިމާދޫ ކައުންސިލުން މައުލޫމާތުދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު ވިދާޅުވީ، ކުނި މެނޭޖްކުރުމަކީ ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އެންމެ މުހިންމު އެއް ކަމަށްވާތީ، މިކަމަށް ޚާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށެވެ. އަދި ޑަސްބިން ފޯރުކޮށްދިނުމަކީ ކައުންސިލްގެ ވައުދެއްގެ ގޮތުގައި ރައްޔިތުންނަށް ދެމުންދާ ޚިދުމަތެއްގެ ބައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައްޔިތުންގެ ފަރާތުން ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ލިބެމުންދާ އެއްބާރުލުމަށް ކައުންސިލްގެ ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މި ޑަސްބިންތައް ހަވާލުކުރުމާއެކު، ހަނިމާދޫގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ރަށުގެ މާހައުލު ސާފުތާހިރުކޮށް ބެހެއްޓުމަށް އެހީތެރިވެގެންދާނެ ކަމަށް ކައުންސިލުން ގަބޫލުކުރެއެވެ. އަދި މިއީ ސިއްހަތަށް ރަނގަޅު މާހައުލެއް ކައުންސިލުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެއްކަމަށް އެ ކައުންސިލުން ދެކެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ