ރީޖަނަލް އެއަރޕޯޓްސްއިން ހިންގި 9 އެއަރޕޯޓެއް އެމްއޭސީއެލްގެ ދަށަށް

ޚަބަރު ފަހުގެ

ރީޖަނަލް އެއަރޕޯޓްސްއިން ހިންގަމުން އައި 9 އެއަރޕޯޓެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލާ ހަވާލުކޮށްފިއެވެ.

ރީޖަނަލް އެއަރޕޯޓްސް ކުންފުނި، އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހުއެވެ. ރީޖަނަލް އެއަރޕޯޓްސް ކުންފުނި، އެމްއޭސީއެލްގެ ދަށައް ބަދަލުކުރުމަށް ސަރުކާރުން ނިންމެވީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްއޭސީއެލުން ވިދާޅުވީ، ރީޖަނަލް އެއަރޕޯޓްސްއިން ހިންގަމުން އައި 9 އެއަރޕޯޓަކާ އެމްއޭސީއެލުން ހަވާލުވެފައިވާކަމަށެވެ. އެ އެއަރޕޯޓްތަކާ ހަވާލުވީ މީގެ ދެހަފްތާ ކުރިންކަމަށްވެސް އެމްއޭސީއެލުން ވިދާޅުވިއެވެ.

އެ އެއަރޕޯޓުތަކާ ހަވާލުވީއިރު އެތަންތަނުގެ ހާލަތު ހުރީ ވަރަށް ދަށްކޮށްކަމަށާއި މިހާރު ކުރަމުންދާ މަސައްކަތަކީ އެ އެއަރޕޯޓްތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތްކަމަށް އެމްއޭސީއެލުން ވަނީ ވިދާޅުވެފައެވެ. އަދި އެއަރޕޯޓްތަކުގެ ތަރައްޤީއަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ހުރިހާ މަސައްކަތަކާ އެމްއޭސީއެލާ ހަވާލުވި ނަމަވެސް އެ ކުންފުނި އުވައިލުމުގެ މަސައްކަތްތައް އަދި މުޅިން ނުނިމެއެވެ.

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ އެމް.އޭ.ސީ.އެލާ އެއްކޮށްލުމުން ޚަރަދު ކުޑަކުރެވި، އެއަރޕޯޓްތައް ހިންގުން އިތުރަށް ހަރުދަނާކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ