ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް މި މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބް ސީދާ 3-0 އިން ބަލިކޮށްގެންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ހަނިމާދޫ ސާއްބައިގެ ޖާޒީ ނަންބަރު 12 ޝަހުމީލާ އަބުދުލްހަކީމް އެވެ.
އަންހެން ޑިޒިޝަންގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ހަނިމާދޫ ސާއްބަ ޓީމުގެ ކޯޗު މުހައްމަދު ނާސިރެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަންގެ ފެއާޕްލޭ ޓީމަކީ ކުމުންދޫ ސްޕޯޓްސް ކްލަބެވެ.
އެންމެ މޮޅު އަންހެން 6 ކުޅުންތެރިން
* ޝަހުމީލާ އަބުދުލްހަކީމް ޖޒ12، ހަނިމާދޫ ސާއްބަ އކ.
* އައިޝަތު ރީސާ ޖޒ14، ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް
* އައިޝަތު މުހައްމަދު ޖޒ9، ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް
* އީނަތު އަހުލާ ޖޒ16، ފިނޭ ޑެޒަޔަރ ކްރޫ އެކުވެރި ކްލަބް
* އައިޝަތު ސަބާނާ ޖޒ15، ފިނޭ ޑެޒަޔަރ ކްރޫ އެކުވެރި ކްލަބް
* މަލްދާ މަސޫދު، ޖޒ12، ސޮސައިޓޯ ފޯރ ކުޅުދުއްފުށީ ޔޫތު ލިންކޭޖު.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި މިރޭ 20:15 ގައި ބައްދަލުކުރާނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ނޮޅިވަރަން ޒުވާނުންގެ ގުޅުމެވެ.
“ތިލަދެކުނު ވޮލީ މުބާރާތް 2025” ކުރިއަށް ދަނީ ހދ. ނައިވާދޫ ގައެވެ.


