ވ.ފުލިދޫ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ

ފުލިދޫ ބަނދަރުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ، ފެލިދެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުލިދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ފުލިދޫ ބަނދަރުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފުލިދޫ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީންނެވެ. ފުލިދޫއަކީ ބަނދަރެއް ނެތް މަދު ރަށްރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. 500 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފުލިދޫގައި މިހާރު އޮތް ބަނދަރަކީ ޖާގައިގެ ގޮތުން ކުޑަ ބަނދަރެއްކަމުން ބަނދަރުގެ ދަތިކަން ރައްޔިތުން ތަހައްމަލުކުރަމުން އަންނަތާ ވަނީ ދުވަސްތަކެއް ވެފައެވެ.

ފުލިދޫގައި ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، އެ ރަށު ޞިއްހީ މަރުކަޒު އައު އިމާރާތުގެ ޢަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ