ވ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ޚަބަރު ފަހުގެ

ވ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފެލިދެއަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފެލިދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ވ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި އިމާރާތް އަޅަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިމަޝްރޫޢުގެ ދަށުނ،ް 7147 އަކަފޫޓުގެ އެކޮމޮޑޭޝަން ބޮލްކަކާއި 2563 އަކަފޫޓުގެ ސަރވިސް ސެންޓަރަކާއ،ި 76،175 އަކަފޫޓުގެ ހެލްތު ސެންޓަރ ބްލޮކެއް ހިމެނޭހެނ،ް 37 އެނދު އެކުލެވޭ އިމާރާތެއް ބިނާކުރެވޭނެއެވެ. މީގެ އިތުރުން ބިންގަނޑު ކޮނެ ލެވެލްކުރުމާއި ކޮންކްރީޓް އަދި މޭޝަނަރީ މަސައްކަތްތަކާއި ތަށިމުށި ޖެހުމާއި ދޮރާއި ކުޑަދޮރު ހަރުކުރެވޭނެއެވެ.

މިމަޝްރޫޢު އެމްޓީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 105.36 މިލިޔަން ރުފިޔާއަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ