ފ. ނިލަންދޫ ކުނި މެނޭޖުކުރާ މަރުކަޒު ހުޅުވައިފި

ޚަބަރު ފަހުގެ

ފ. ނިލަންދޫގައި ޤާއިމުކުރި ކުނި މެނޭޖުކުރާ މަރުކަޒު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފިއެވެ.

މި މަރުކަޒު ހުޅުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށަަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނިލަންދޫގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ދެމުންދާނީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން، ވެމްކޯއިންނެވެ. އަދި އެކަމަށްޓަކައި ވެމްކޯއާއި ރަށުގެ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ނިލަންދޫގައި ކުނި މެނޭޖުކުރާ މަރުކަޒެއް އެޅުމުގެ މަސައްކަތް ވެހިކަން ބިލްޑާސްއާ ހަވާލުކުރީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ. 1،500 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ނިލަންދޫގައި ރަނގަޅު ފެންވަރުގެ ކުނި މެނޭޖުކުރާ ނިޒާމެއް ޤާއިމުކުރުމަކީ ރައްޔިތުންގެ ބޮޑު އެދުމެކެވެ.

ނިލަންދޫގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ފަށާފައިވާއިރު، ރައީސްގެ ދަތުރުފުޅުގެ ތެރެއިން އެރަށުގައި ތަރައްޤީގެ އިތުރު މަޝްރޫޢުތަކެއްވެސްވަނީ ފަށާފައެވެ. އެގޮތުން އެ ރަށުގައި އަޅާ ކައުންސިލް އައު އިމާރާތުގެ މަސައްކަތާއި ފުލުހުންގެ މަރުކަަޒުގެ އައު އިމާރާތާއި ނަރުދަމާގެ މަސައްކަތް ވަނީ ފަށާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ