ވިލުފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ

ތ ވިލުފުށީ ބިން ހިއްކުމާއި އެއާޕޯޓް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިިހާރު ވ، މ، ފ، ތ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވިލުފުށީ އެއާޕޯޓު ތަރައްގީކޮށް އޮޕަރޭޓުކުރުމުގެ މަސައްކަތް ވަނީ މޯލްޑިވްސް އެއާޕޯސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސޮއިކުރެއްވިއިރު އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފު މުހައްމަދެވެ.

މި މަޝްރޫއުގެ ދަށުން ވިލުފުށި އެއާޕޯޓު ތަރައްގީކުރާނީ 1800 މީޓަރު ދިގު ރަންވޭއަކާއި ފުރިހަމަ ޓަރމިނަލަކާއި އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކަކާ އެކީގަ އެވެ.

ރޭ ވިލުފުށީ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވިލުފުށީ އެއާޕޯޓަކީ ތ. އަތޮޅަށް މުހިންމު މަޝްރޫއެއް ކަމަށާއި އެ މަޝްރޫއު 2 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި ނިންމާ ހުޅުވާނެ ކަމަށެވެ.

މީގެއިތުރުން ރައީސްގެ ދަތުރުގެ ތެރެއިން ވަނީ ވިލުފުށީގައި ގާއިމުކުރަ މޯލްޑިވްސް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅާ އެރަށު އޭޓީއެމްގެ ހިދުމަތް ފަށައިފަ އެވެ. އަދި އެރަށުގައި ގާއިމުކުރާ 30 އެނދުގެ ހޮސްޕިޓަލުގެ ބިންގާ އަޅާފައިވާއިރު މި މަސައްކަތަކީ އެމްޓީސީސީ އިން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ވިލުފުށީ މަސްޖިދު އުމަރު ފަރޫގު، އިސްލާމީ މަރުކަޒެއްގެ ގޮތުގައި ވެސް ރައީސްގެ ދަތުރުގެ ތެރެއިން ވަނީ ކަނޑައަޅުއްވާފަ އެެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ