ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު

ޚަބަރު ފަހުގެ

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން 14 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންގެ ތެރެއިން އިސްގާޒީ މާހިރު އެ މަގާމަށް އައްޔަންކުރަން ޖޭއެސްސީން ނިންމީ މިއަދު ހެނދުނު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގަ އެވެ. ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އިސްގާޒީ މާހިރު އައްޔަންކުރަން ޖޭއެސްސީން ނިންމީ މެމްބަރުންގެ އިއްތިފާގުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން އެންމެ ފުރަތަމަ ޖޭއެސްސީން ނިންމީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިިނިސްޓަރު މުހައްމަދު ޝަހީދު އައްޔަން ކުރުމަށެވެ. ނަމަވެސް ޝަހީދު އައްޔަން ކުރަން ނިންމުމުން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، އޭނާ ވަނީ އެ މަގާމާ ހަވާލުވުމަށް އުޒުރުވެރިވެފަ އެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލި އެވެ.

ހައި ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދާދިފަހުން އައްޔަން ކުރެއްވުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ