މާލޭގެ ބާޒާރުމަތީ ޑޯން ކެފޭ ކައިރީގައި ހުންނަ ލިލީ އެފްއެމްބީ ސަޕްލަޔާޒް 1 ބާޒާރު ފިހާރާގައި އަލިފާން ރޯވެގެން ސިފައިން ޙަރަކާތްތެރިވާން ފަށައިފިއެވެ.
މިރޭ މެންދަރު ހިނގި މިޙާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެފަރާތުން ވިދާޅުވެއެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މި ރޭ 01:00ގައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ


