ަހަނިމާދޫ ޓޫރިޒަމް ޒޯން ނަންބަރ: 14 ކިޔާ ބިން، 50 އަހަރުގެ މުއްދަތައް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއެކޮށްފި

ހަނިމާދޫ ފަހުގެ

ހދ.ހަނިމާދޫ ކައުންސިލުން، ރަށުގެ ފަތުރުވެރިކަމުގެ ވިޔަފާރި ތަރައްޤީކޮށް އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމުގެ މަޤްޞަދުގައި، ޓޫރިޒަމް ޒޯން ނަންބަރ: 14 ކިޔާ ބިން، 50 (ފަންސާސް) އަހަރުގެ މުއްދަތައް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއެކޮށްފިއެވެ. މި އެއްްބަސްވުން އެރުވުނީ ބިޑްކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކުރެވުނު އިޢުލާނަކަށްފަހު، އެ މަސައްކަތް ކާމިޔާބުކުރި ‘ފައުނު އެންޓަރޕްތައިސިސް ޕްރައިވެޓް ލިމިޓެޑް’ އާއެވެ.

މި އެއްބަސްވުމުގައި ސޮއެއްކޮށްފައިވަނީ 02 އޮކްޓޯބަރ 2025 ވީ ބުރާސްފަތި ދުވަހުއެވެ. ކުއްޔަށް ދެވިފައިވާ ބިމަކީ 5000 (ފަސްހާސް) އަކަފޫޓުގެ ބިމެކެވެ. މި ބިން ކުއްޔަށް ދޫކުރެވިފައިވަނީ ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރި ހިންގުމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަނިމާދޫ ކަުއުންސިލުން މިފަދަ މަސައްކަތްތައް ހިންގަމުންދަނީ، ރަށްރަށުގެ ކައުންސިލްތައް ބާރުވެރިކުރުމާއި، ރަށުގެ އިޤްތިޞާދީ ތަރައްޤީއަށް ދުރު ރާސްތާގެ ފައިދާ ހޯދައިދިނުމުގެ ގޮތުންނެވެ. މިފަދަ މަޝްރޫޢުތަކަކީ ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް އުފައްދައި، ކައުންސިލްތަކަށް އާމްދަނީ އިތުރިކޮށްދޭނެ ކަންކަމެވެ.

ޙާއްސަކޮން، ހަނިމާދޫގައި ޤާއިމްކުރެވޭ އައު އިންޓަނޭޝަނަލް އެއަރޕޯޓާއެކު، އުތުރުގެ ސަރަހައްދުގައި ފަތުރުވެރިކަމުގެ ހަރަކާތްތައް ފުޅާވެ، އެ ސަރަހައްދަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވިފައެވެ. މިގޮތުން، މިފަދަ ވިޔަފާރިތަކަކީ އެއަރޕޯޓާއެކު އުފެދޭ ފުރުސަތުތަކުގެ ބޭނުން ހިފައި، ރަށުގެ ތަރައްޤީއަށް އިތުރު ބާރެއް ގެނެސްދޭނެ ކަމެއް ކަމަށް ހަނިމާދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ