އެއްބަސްވުމުގެ ދަށުން، އިސްރާއީލުން އުމުރަށް ޖަލަށް ލާފައިވާ 250 މީހުން މިނިވަން ކުރެވޭނެ: ހަމާސް

ދުނިޔެ ޚަބަރު ޚަބަރު ޢާޖިލް

ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން، އިސްރާއީލުން އުމުރަށް ޖަލަށް ލާފައިވާ ފަލަސްތީނުގެ 250 މީހުން މިނިވަން ކުރެވެނޭ ކަމަށް، ހަމާސްއިން ބުނެފިއެވެ.

ހަނގުރާމަ ހުއްޓާލުމުގެެ ވާހަކަތަކާއި، އަދި ސުލްހައިގެ ވާހަކަތަކުގައި ހަމާސްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ އެންމެ އިސް މަންދޫބު ޚަލީލް އަލް ޙައްޔާ މީޑިއާއަށް ދެއްވި ޚާއްސަ ބަޔާނެއްގައި ވިދާޅުވީ އުމުރަށް ޖަލަށް ލާފައިވާ 250 ގައިދީންގެ އިތުރުން އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރު ކޮށްފައި ތިބި ފަލަސްތީނުގެ ހުރިހާ ކުޑަކުދިންނާއި އަދި ހުރިހާ އަންހެނުންވެސް މިނިވަން ކުރުމަށް އެއްބަސް ވެވިފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަމަ އެއައެކު ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހަނގުރާމަ ފެށިފަހުން ޣައްޒާއިން ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައިވާ މީހުންގެ ތެރެއިންވެސް 1،700 މީހުން މިނިވަން ކުރެވެނޭ ކަމަށް، ޚަލީލް އަލް ޙައްޔާ ވިދާޅުވިއެވެ.

ޚަލީލް އަލް ޙައްޔާ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ހިމެނޭ ކަންކަމަށް ހަމާސްއިން އެއްބަސްވީ ހަނގުރާމަ މުޅިން ހުއްޓުމަކަށް ގެނެވޭނޭ ކަމުގެ ޔަގީންކަން، ވާހަކަތަކުގައި ބައިވެރިވާ އެކުވެރި ގައުމުތަކާއި، އަދި އެމެރިކާ ސަރުކާރުން ދިން ޔަގީންކަމެއްގެ މައްޗަށް ކަމަށެވެ.

އަލް ޙައްޔާ ވިދާޅުވީ، ވާހަކަތަކުގައި އިސްރާއީލު ބޭނުންވާހާ ކަމެއް އަދި ބޭނުންހާ ގޮތެއް ނުހެދުނީ ހަމާސްއިން ދެއްކި ހިތްވަރުގެ ސަބަބުން ކަމަށެވެ.

ވަރަށް ގިނަ ކަންކަމުގައި އިސްރާއީލުގެ މައްޗަށް ކުރި ހޯދުނު ކަމަށާއި، ހަނގުރާމަ ދާއިމަށް ހުއްޓާލަން އިސްރާއީލު އެއްބަސް ކުރެވުމަކީ އެންމެ މުހިންމު ކަންތައް ކަމަށްވެސް، ޚަލީލް އަލް ޙައްޔާ ވިދާޅުވިއެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ