ޕްރިންސިޕަލުންގެ މަހާސިންތާ ފަށައިފި

ޚަބަރު ފަހުގެ

ޕްރިންސިޕަލުންނަށް ޚާއްސަކޮށްގެން ބާއްވާ މަހާސިންތާ ފަށައިފިއެވެ. މިއަހަރުގެ މަހާސިންތާގައި 210 ޕްރިންސިޕަލުންވަނީ ބައިވެރިވެފައެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ކުރިއަށްދާ ޕްރިންސިޕަލުންގެ މަހާސިންތާ އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަނދާލީ ފިލައެއް އަރުވާފައެވެ. މި ފިލާ އެމަނިކުފާނާ ޙަވާލުކޮށްދެއްވީ ތަޢުލީމީ ވަޒީރު ޑޮކްޓަރ އިސްމާޢީލް ޝަފީޢުއެވެ.

ޕްރިންސިޕަލުންގެ މަހާސިންތާއަކީ ސްކޫލްތައް ހިންގުމުގައާއި ޕްރިންސިޕަލުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް އެކަންކަން ރަނގަޅުކުރުމަށްޓަކައި ކުރިއަށްގެންދާ މަހާސިންތާއެކެވެ. އެހެން އަހަރުތަކުގައި ބާއްވާފައިވާ މިފަދަ މަހާސިންތާތަކާ މިއަހަރު ބައްވާ މަހާސިންތާއާ ތަފާތުވާނެކަމަށް ތަޢުލީމީ ވުޒާރާއިން މީގެކުރިން ވަނީ ވިދާޅުވެއެވެ.

އެގޮތުން މިއަހަރުގެ ޕްރިންސިޕަލުންގެ މަހާސިންތާ ބާއްވަނީ މުދައްރިސުންގެ ޚިޔާލުތަކާއި މަޝްވަރާގެ މައްޗަށް ބިނާކޮށެވެ. މިފަހަރުގެ މަހާސިންތާގައި މުދައްރިސުން ތަމްރީންކުރުމަށް އެކި ލެވެލްގައި ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް މިދާއިރާއަށް ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ