އެމެރިކާ ސިފައިންގެ ފައުޖެއް ޣައްޒާއަށް ފޮނުވާކަށް ނޫޅެން: ކޮމާންޑަރ ބްރެޑް ކޫޕަރ

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ ދުނިޔެ

ޣައްޒާއަށް ސިފައިންގެ ފައުޖެއް ފޮނުވަން މަސައްކަތް ނުކުރާ ކަމަށް، އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ކޮމާންޑަރ އެޑްމިރަލް ބްރެޑް ކޫޕަރ ބުނެފިއެވެ.

އެނާ މިފަދައިން ހާމަކޮށް ބަޔާނެއް ނެރުނީ އެމެރިކާ ސިފައިންގެ ފައުޖެއް ޣައްޒާއަށް ފޮނުވަން އުޅޭ ކަމަށް ފެތުރެމުންދާ ރިޕޯޓްތަކާ ގުޅިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކޫޕަރ ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ އޭނާ ޣައްޒާއަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

އެޑްމިރަލް ބްރެޑް ކޫޕަރ އާއި، އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަ މަންދޫބު ސްޓީވް ވިޓްކޮފްވެސް ޣައްޒާއަށް ގޮސްފައިވާކަން ފޮކްސް ނިއުސްއިން ރިޕޯޓް ކޮށްފައި ވެއެވެ.

އޭގެ ބޭނުމެއް ކަމަށް ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ ފިޔަވަހި ތަންފީޒުކުރަން ފެށުނުކަން ކަށަވަރު ކުރުން ކަމަށްވެސް، ފޮކްސްއިން ބުނެފައި ވެއެވެ، އެދެ މީހުންވެސް ބައްދަލުކޮށްފައިވަނީ އިސްރާއީލު ސިފައިންނާއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ކޮމާންޑަރ އެޑްމިރަލް ބްރެޑް ކޫޕަރގެ ބަޔާނުގައި ބުނެފައިވަނީ އެމީހުން މަސައްކަތް ކުރަމުންދަނީ މެދުއިރުމަތީގައި ސުލްހައާއި ހަމަޖެހުން ގައިމްކުރުމުގައި އެހީތެރިވުމަށް ކަމަށާއި، އެއީ ކޮމާންޑަރ އިން ޗީފް އަމުރު ކުރައްވައިގެން ކަމަށެވެ.

އެކަމަކު، މި މަސައްކަތް ކުރުމުގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކު ޣައްޒާގެ ބިމުގައި ނުތިބެނޭ ކަމަށް ކޫޕަރ ބުނެފައި ވެއެވެ.

އެމެރިކާއިން ގާއިމްކުރަނީ ސިވިލް މިލިޓަރީ ކޯޑިނޭޝަން ސެންޓަރ: އެކެވެ. އަދި އެމެރިކާގެ 200 ސިފައިންގެެ ފައުޖެއް ފޮނުވަންވެސް ވަނީ ނިންމާފައެވެ. އެމީހުން ތިބުމަށް ހަމަޖެހިފައިވަނީ އިސްރާއީލުގައެވެ.

އެމެރިކާގެ ސެންތްރަލް ކޮމާންޑުން މިގޮތަސް ވާހަކަ ދެއްކި ނަމަވެސް، އިސްތިއުމާރީ އިސްރާއީލުން ޣައްޒާގައި ދެއަހަރު ވަންދެން ކުރަމުންދިޔަ ހަނގުރާމައިގައި އަސްކަރީ ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމާއި، ޓެކްނިކަލް ސަޕޯޓް ދިނުމުގައިވެސް އެމެރިކާ ސިފައިން ޣައްޒާ ތެރޭގައި އުޅުނުކަން ފަޅާއަރާފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ