އީރާނަށް ހަމަލާ ނުދޭނޭ ކަމަށް ނަތަންޔާހޫ ބުންޏަސް އިތުބާރެއް ނުކުރެވޭ: އީރާނުގެ ޚާރިޖީ ވަޒީރު

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ ދުނިޔެ

އީރާނަށް ދެން ހަމަލާއެއް ދޭން ބޭނުން ނުވާކަމަށާއި، އީރާނާ ދެކޮޅަށް ހަނގުރާމައެއް ކުރަންވެސް ބޭނުން ނުވާ ކަމަށް އިސްރާއީލުން ބުނި ނަމަވެސް، އެ ވާހަކަތަކަށް އިތުބާރު ނުކުރާ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވީ، ނަތަންޔާހޫ އަދި އިސްރާއީލުގެ އެއްވެސް ވެރިޔަކު ވިޔަސް ދައްކާ ވާހަކައަކަށް އީރާނުން އިތުބާރު ނުކުރާ ކަމަށެވެ. އެމީހުންގެ ރަނގަޅު ނިޔަތެއް އޮވެދާނެ ކަމަށްވެސް ގަބޫލު ނުކުރާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް މި މޭރުމުން ވާހަކަ ދެއްކެވީ، އީރާނަށް އިސްރާއީލުން ދެން ހަމަލާ ނުދޭނެ ކަމަށާއި، އެފަދަ ކަމެއް ކުރަން ނޫޅޭކަމަށް، ރަޝިޔާ މެދުވެރިކޮށް ނަތަންޔާހޫ އީރާނަށް އެންގުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި މެސެޖް އީރާނަށް ދިނުމަށްޓަކައި ނަތަންޔާހޫވަނީ ރަޝިޔާގެ ރައީސް ޕޫޓިންއަށް ފޯނުން ގުޅައި ވާހަކަ ދައްކާފައެވެ.

ޖެހިގެން އައި ދުވަހު މޮސްކޯގައި ހުންނަ އީރާނު އެމްބަސެޑަރ ރަޝިޔާ ޚާރިޖިއްޔާއަށް ހާޟިރުކޮށް ނަތަންޔާހޫގެ މެސެޖް ވަނީ ރައްދުކޮށްފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ވިދާޅުވީ، އީރާނަށް ހަމަލާ ނުދޭނޭ ކަމަށް ވައުދުވެފައިވެސް ނަތަންޔާހޫ އީރާނަށް ހަމަލާ ދީފާނޭ ކަމަށެވެ. އޭނާ ދައްކާ ވާހަކަތަކަށް އިތުބާރު ނުކުރެވޭ ކަމަށެވެ.

އެހެންވެ، އީރާނުގެ ދިފާއީ ބާރުތައް މިހާރު ތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށްވެސް، އައްބާސް ވިދާޅުވިއެވެ.

އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް އަނެއްކާވެސް ހަމަލާދޭން ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓްތަކެއް ފެތުރެމުން ގޮސްފައި ވެއެވެ.

އެގޮތުން، އެމެރިކާއާއިން ބޮންއަޅާ އެންމެ ވަރުގަދަ ބޯޓުތައް ޔޫރަޕަށް ފޮނުވުމާއި، މެޑިޓަރޭނިއަން ކަނޑުގެ ލަޝްކަރު ވަރުގަދަ ކުރުމާއި، އިސްރާއީލުގެ ފަރާތުން ފެންނަ އަމަލުތަކުން އީރާނަށް ހަމަލާދޭން އުޅޭކަމަށް ވަރަށް ބޮޑަށް ބެލެވިފައި ވެއެވެ.

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި އެމެރިކާއިން އަންގައިގެން ޔޫރަޕްގެ ބޮޑެތި ގައުމުތަކުން މިހާރުވަނީ އދގެ ތެރެއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަލުން އަޅާފައެވެ.

އީރާނާއި އިސްރާއީލާ ދެމެދު ކުރެވުނު 12 ދުވަހުގެ ހަނގުރާމައަށްފަހު އީރާނުންވަނީ އިތުރު ހަތިޔާރާއި، މަތިންދާ ބޯޓާއި، ދިފާއީ އައްޑަނަ ހޯދައި ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އެއްގަމާއި، ކަނޑާއި، ވައިގެ ފައުޖުތައްވެސް އޮތީ ރުކުރުވާލާފައެވެ.

އެ ހަނގުރާމައިގައި އީރާނުން ހަމައެކަނި ޑްރޯންއާއި މިސައިލް ފޮނުވައި އިސްރާއީލުގެ ބޮޑުބައެއް ސުންނާފަތި ކޮށްލިއިރު، އީރާނުގެ ގާބިލްކަން ފެނި އިސްރާއީލާއި އެމެރިކާއަށްވެސް ސިހުން ލިބުނެވެ.

އިސްރާއީލު އެކަށް ސުންނާފަތިނުވެ ސަލާމަތްވީ އެމެރިކާއިން އީރާނަށް ބޮންއަޅައި އަދި ހަނގުރާމަވެސް

ހުއްޓުވުމުންނެވެ

އީރާނުން ތަކުރާރުކޮށް އިންޒާރު ކުރަމުންދަނީ، އިސްރާއީލުން ދެން އީރާނަށް ހަމަލާއެއް ދީފިނަމަ އިސްރާއީލުގެ ވަސްވެސް ދުނިޔެއިން ފޮހެލާނޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ