މަޑަގަސްކަރައިގެ ރައީސް ފިލައިފި، ވެރިކަމުގެ ކޮންޓްރޯލް އަސްކަރީން ނަގައިފި

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ ދުނިޔެ

މަޑަގަސްކަރައިގެ ވެރިކަމުގެ ކޮންޓްރޯލް އެގައުމުގެ އަސްކަރީން ނަގައިފިއެވެ.

ވެރިކަމުގެ ކޮންޓްރޯލް އަސްކަރީން މިނެގީ، މަޑަގަސްކަރައިގެ ޕާލަމެންޓުން އެގައުމުގެ ރައީސް އެންޑްރީ ރަޖޯލީނާ އިމްޕީޗްކޮށް، މަގާމުން ދުރުކުރުމާ ގުޅިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މަގާމުން ދުރުކުރުމުގެކުރިން ރައީސް އެންޑްރީ ރަޖޯލީނާ މިހާރުވަނީ އަސްކަރީންގެ އެހީގައި ފިއްލަވާފައެވެ.

އެންޑްރީ ރަޖޯލީނާގެ ވެރިކަމާ ދެކޮޅަށް މަޑަގަސްކަރައިގެ “ޖެން-ޒީ” ޒުވާނުން ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާތާ އެތައް ހަފްތާއެއް ވެއްޖެއެވެ.

މަޑަގަސްކަރައިގެ ޕާލަމެންޓުން ރައީސް އެންޑްރީ އިމްޕީޗްކޮށް މަގާމުން ދުރުކުރީ، ފިއްލަވާ ހުންނަވައި ޕާލަމެންޓް ރޫޅާލަން މަސައްކަތް ކުރެއްވުމުންނެވެ.

ރައީސް އެންޑްރީ ފިއްލެވީ، ސިފައިންގެ ތެރެއިން ބަޔަކު އޭނާގެ ވެރިކަން ބަޣާވާތްކޮށްލަން އުޅޭ ކަމަށް ތުހުމަތު ކޮށެވެ. އެއީ، ސިފައިންގެ ޔުނިޓްތަކެއް މުޒާހަރާއާ ގުޅުމުންނެވެ.

ފިލާ ހުންނަވައި ޕާލަމެންޓް ރޫޅާލަން ނެރުވި ގަރާރާ މަޑަގަސްކަރައިގެ އިދިކޮޅު ފަރާތްތަކުންވަނީ ދެކޮޅު ހަދާފައެވެ.

ގަރާރުގައި އެންޑްރީ ވިދާޚުވެފައިވަނީ، ޕާލަމެންޓް ރޫޅާލަން ޖެހިވަޑައިގެންނެވީ ގައުމުގައި ހަމަޖެހުން ގާއިމްކޮށް، ޑިމޮކްރަސީ ހިމާޔަތްކޮށް، ޒުވާނުންނަށްވެސް ފުރުސަތު ފަހިކުރުމުގެ ގޮތުން ކަމަށެވެ.

ރައީސް އިމްޕީޗްކުރަން ޕާލަމެންޓަށް މައްސަލަ ވެއްދީ އިދިކޮޅު ފަރާތްތަކުންނެވެ. މައްސަލައިގައި ބުނެފައިވަނީ، ރައީސް އެންޑްރީ މަގާމުގެ މަސްއޫލިއްޔަތު ދޫކޮށްލައްވައި ފިއްލަވައިފި ކަމަށެވެ.

މަޑަގަސްކަރައިގައި ޒުވާނުން މުޒާހަރާ ކުރަންފެށީ، ކަރަންޓުގެ ޚިދުމަތާއި، ފެނުގެ ދަތިތަކުގެ މައްސަލައާއި، ގައުމުގައި ކޮރަޕްޝަން އާންމުވެ، ފަގީރު ހާލަތުގެ ސަބަބުންނެވެ. މުޒާހަރާ ފަހުން ބަދަލުވެގެންދިޔައީ، ސަރުކާރު ވައްޓާލުމުގެ މުޒާހަރާއަކަށެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ސަލާމަތީ ބާރުތަކުން ބަޑިޖަހައި 22 މީހުން މަރާލާފައި، އެތައް ބަޔަކު ޒަޚަމްކޮށްލާފައި ވެއެވެ.

މަޑަގަސްކަރައިގެ ޕާލަމެންޓުން ރައީސް އެންޑްރީ އިމްޕީޗްކުރުމާއި، އަދި ވެރިކަން ހިންގުމުގެ ކޮންޓްރޯލް ސިފައިން ނަގައިފިކަން އަސްކަރިއްޔާއިން އިއުލާން ކުރުމުން، އެންޑްރީވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް މިއީ، ޣައިރުގާނޫނީ އަމަލެއް ކަމަށް ސިފަކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ