އެމެރިކާ ސިފައިން ޣައްޒާއަށް ފޮނުވުމުގެ ބޭނުމެއް މިހާރަކު ނެތް: ޓްރަމްޕް

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ ދުނިޔެ

އެމެރިކާ ސިފައިންގެ ފައުޖެއް ޣައްޒާއަށް ފޮނުވުމުގެ ބޭނުމެއް މިހާރު އޮތްކަމަށް ނުދެކޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނެފައިވަނީ، ވޮޝިންޓަން ޑީސީގައި ބެއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމެރިކާގެ ރައީސް ބުނީ، އެމެރިކާ ސިފައިން ނުފޮވައިވެސް ޣައްޒާގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

އެހެންނަމަވެސް ބުނެފައިވަނީ، ޣައްޒާ ހަނަގުރާމަ ހުއްޓާލުމުގެ ޕްލޭންގައި ގިނަ ގައުމުތަކުން ސޮއިކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ބާރުގަދަ އަސްކަރިއްޔާތައްވެސް ހިމެނޭ ކަމަށެވެ.

އެމެރިކާ ސަރުކާރުންވަނީ، އެމެރިކާގެ 200 ސިފައިންގެ ފައުޖެއް އިސްރާއީލަށް ފޮނުވަން ނިންމައި އެކަން ކުރިން އިއުލާން ކޮށްފައެވެ.

އެ ފައުޖަކީ، ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއެކު ވެވުނު އެއްބަސްވުން ތަންފީޒުކުރުން މޮނިޓަރކުރަން ފޮނުވާ ފައުޖެއް ކަމަށްވެސް ބުނެފައި ވެއެވެ.

އެކަމާ ގުޅޭގޮތުން އެތައް ބަޔަކު ސުވާލުކުރަން ފެށުމުން، އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ކޮމާންޑަރު ފަހުން ބުނެފައިވަނީ، އެމެރިކާއިން ފޮނުވާ ފައުޖުގައި ހިމެނޭ ސިފައިންގެ އެއްވެސް މީހަކު ޣައްޒާގައި ފައި ނުޖައްސާނޭ ކަމަށެވެ. މާނައަކި ޣައްޒާއަށް ނުވަންނާނޭ ކަމަށެވެ.

ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަށައެޅި 20 ނުކުތާގެ ޕްލޭންގައި، ޣައްޒާއަށް ބައިނަލްއަގްވާމީ ސުލްހަ ބަލަހައްޓާ ފައުޖެއް ފޮނުވުންވެސް ހިމެނެއެވެ.

ނަމަވެސް، އެ ފައުޖުގައި ހިމަނާނީ ކޮން ގައުމުތަކެއްގެ ސިފައިންނެއް ކަމެއް އަދި އެމީހުން ޣައްޒާގައި އަދާކުރާނީ ކޮން ރޯލެއް ކަމެއް ސާފުކޮށް ހާމަކޮށްފައެއް ނުވެއެވެ.

އެކަމަކު، އދގެ މެންޑޭޓްދަށުން ބައިނަލްއަގްވާމީ ސުލްހަ ބަލަހައްޓާ ފައުޖެއް ޣައްޒާއަށް ފޮނުވަން، އެކަމާ ގުޅޭ ގަރާރެއް އދގެ ސަލާމަތީ މަޖިލީހަށް ވައްދަން ފްރާންސާއި ޔޫކޭއިން މިހާރުވަނީ ތައްޔާރު ވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ