މުދާ ބަރުކޮށްގެން، ފަސް މީހުންނާއެކު މާލެ އިން ފުރައިގެން ޅ. ނައިފަރަށް ދަތުރު ކުރަމުންދިޔަ ބޯޓެއް އަޑިއަށް ގޮސްފިއެވެ.
ފުލުހުން ބުނީ “ނަޞްރު” ނަމަކަށް ކިޔާ މި ބޯޓު މިއަދު 13:22 އެހާކަން ހާއިރު ވަނީ ދިޔަވެެ އަޑިއަށް ގޮސްފައިވާ ކަމަށާއި، ބޯޓު އަޑިއަށް ގޮސްފައިވަނީ ކ. ކާށިދޫ އާއި ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަކަށް ކަމަށެވެ.
މި ބޯޓުން ދަތުރުކުރީ ދެ ދިވެހީންނާއި ތިން ބިދޭސީންނެވެ. އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ބޯޓުގައި ތިބި މީހުން ސަލާމަތް ކޮށްފައެވެ.
ފުލުހުން ވަނީ ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން ބޯޓުގައި ހުރި މުދަލާއި އެހެނިހެން ތަކެތި އޮޔާ ދާނެތީ، މި ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް މިކަމަށް ސަމާލުވުމަށް އެދިފައެވެ.


