ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ޚަބަރު ފަހުގެ

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގާފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ލޮޓް 10066 އެޕާޓްމަންޓުގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ޙަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ޙާދިސާގެ މަޢުލޫމާތު މިއަދު 08:49 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި ވަނީ 09:25 ހާއިރުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާއިރު، އެ އެޕާޓްމަންޓުންގެ އެއް ކޮޓަރިއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ