އައްޑޫ ސިޓީގެ ތިން ރަށުގެ ވޯޓުގައި ސަރުކާރުގެ ވަކި އަމާޒެއް ނެތް: ރައީސް މުޢިއްޒު

ޚަބަރު ފަހުގެ

އައްޑޫ ސިޓީގެ ހުޅުދޫ، މީދޫ އަދި ފޭދޫގެ ކައުންސިލްތައް އެކުލަވާލުމުގައި ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން މި މަހުގެ 25 ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ވޯޓުގައި ސަރުކާރުން ހާސިލުކުރަން ބޭނުންވާ ވަކި ނަތީޖާއެއް ނެތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިއީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެ ތިން ރަށުގެ ރައްޔިތުން އެދިވަޑައިގެންފައިވާ ގޮތަށް، ޤާނޫނީ ނިޒާމުގެ ތެރެއިން ނަގާ ފެންނަ ނުފެންނަ ވޯޓެއްކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމަނިކުފާނު ވިދާޅުވީ މިކަމުގައި ބައެއް ފަރާތްތަކުން ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ. ވަކި ކައުންސިލްތަކެއް ހަދަން މި ތިން ރަށުގެ ރައްޔިތުން ނިންމަވައިފިނަމަ ވަކި ކައުންސިލުގެ ހުރިހާ ހައިސިއްޔަތެއް އެކައުންސިލުތަކަށް ލިބިވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ވަކި ކައުންސިލްތައް އުފެއްދުމަށް ނިންމައިފިނަމަ، ފޭދޫ ކައުންސިލަށް އަހަރަކު 25 މިލިއަން ރުފިޔާ، ހުޅުދޫ ކައުންސިލަށް 14 މިލިއަން ރުފިޔާ އަދި މީދޫ ކައުންސިލަށް 18 މިލިއަން ރުފިޔާ ބްލޮކް ގްރާންޓްގެ ގޮތުގައި ލިބޭނެކަމަށް ރައީސް މުޢިއްޒު ހާމަކުރެއްވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ހޮނިހިރު ދުވަހު ނެގޭ ވޯޓުން ރައްޔިތުން ނިންމަވާ ކޮންމެ ގޮތަކީ ސަރުކާރުގެ ނިންމުންކަމަށާއި، ރައްޔިތުންނަށް ކޮށްދޭންޖެހޭ ކޮންމެ ކަމެއްގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ