ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރައްވައިފި

ޚަބަރު ފަހުގެ

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން އިޢުލާންކުރައްވާފައިވަނީ، ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިއްޔެ ހަވީރު، ގަޑިން 05:15 ގައި ރ. ރަސްގެތީމުގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވުމާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވުނީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތްތަކާ އަސާސީ ޚިދުމަތެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރު ހަވާލުވިއިރު ފުލުހުންގެ ޚިދުމަތް އެއްވެސް ވަރަކަށް ނެތް 66 ރަށް އޮތްކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތަށް ބޭނުން ޖެހޭ ހާލަތްތައްކުގައި އެރަައްތަކަށް ފުލުހުންގެ ޓީމްތައް ފޯނުވަންޖެހީ ކައިރި ރަށްރަށުންކަން ރައީސް ފާހަގަކުރެއްވިއެވެ.

“މިއަދު ހަވީރު 5:15 އިން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤާއިމްވެ ތިބޭ ފުލުހުންގެ ޚިދުމަތް ވަނީ ޤާއިމްކޮށް ނިންްމާފައި.5:15 ގައި ރ. އަތޮޅު ރަސްގެތީމްގައި ފުލުހުންގެ ޚިދުމަތް ޤާއިމް މިކުރީ. ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމް މިކުރީ ރިޔާސީ ބަޔާނުގައި މިއަހަރުގެ ފެބްރުއާރީމަހުގައި އަޅުގަނޑު އިޢުލާން ކުރީ މިއަހަރު ނިންމެންވާއިރަށް އެކަން ކުރާނެކަމަށް. އޭގެ ގާގްގަޑަކަށް 2 މަސް ކުރިން އެކަން ކޮށް މި ނިންމީ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު ފުލުހުންގެ އަމިއްލަ އަިމާރާތެއްގައި ޚިދުމަތް ދެމުން ދިޔައީ އެންމެ 17 ރަށުގައިކަމަށެވެ. ދެން ހުރި ރަށްތަކުގައި ޚިދުމަތް ފޯރުކޮށްދެމުން ދަނީ ކައުންސިލުން ފޯރުކޯށްދޭ އިމާރާތްތައް ނުވަތަ ކުއްޔައް އިމާރާތްތައް ނަގައިގެންކަމަށެވެ. އޭގެ ސަބަބުން ޚިދުމަތް ދިނުމަށް އެތަކެއް ދަތިތަކެއް ދިމޭވެ ރައްޔިތުންނަށް އެތަކެއް ނިކަމެތިކަމެއް ލިބޭކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ މަރުކަޒުތައް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 63 ރަަށެއްގައި އެކަމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި 36 ރަށެއްގައި މަސައްކަތް ފެށުމަށް ތައްޔާރުފައިވާކަމަށާއި ޖުމުލަ 99 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތް ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

ރައީސް ވިދާޅުވީ މިމަހުގެ ތެރޭގައި އިތުރު 39 ރަށުގައި ފުލުހުންގެ މަރުކަޒުތައް ތަރައްޤީކުރުމަށް އެކި ފަރާތްތަކާ ހަވާލުކުރުމަށް ނިންމާފައިވާކަމަށެވެ. މިއާއެކު 138 ރަށުގައި ފުލުހުންގެ އިމާރާތްތައް އެޅުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ . އަދި މި ދައުރު ނިމޭއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ އިމާރާތުން ޚިދުމަތް ދިނުމަކީ އަމާޒެއްކަމަށާއި އެކަން ހާސިލްކުރާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ