އެމްއޭސީއެލްގެ ބޯޑަށް މުޖުތަބާ އައްޔަންކޮށްފި

ޚަބަރު ފަހުގެ

އެމްއޭސީއެލްގެ ބޯޑަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު މިއަދު އައްޔަންކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްއޭސީއެލްގެ ބޯޑުގެ މެމްބަރުގެ މަގާމަށް ގއ. ދާންދޫ، މުޝްތަރީގޭ، މުޖުތަބާ ހަމަޖައްސާފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްއޭސީއެލްގެ ބޯޑަށް މުޖުތަބާ އައްޔަންކޮށްފައިވާއިރު، އެ ބޯޑުގައި ހުންނެވި މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) ވަކިކޮށް، ބޯޑުގެ މެންބަރުންގެ އަދަދު މިހާރު ވަނީ 7 އިން 9 އަށް އިތުރުކޮށްފަ އެވެ.

އެމްއޭސީއެލްގެ ބޯޑުން ރިޔާޒު ވަކިކުރި ސަބަބެއް އެނގިފައެއް ނުވެ އެވެ.

އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބެވީ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހް އާއި އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ސަހާ ވަހީދާއި އިބްރާހިމް ސިޔާދު ގާސިމާއި މުހައްމަދު މިހާދު އަދި އިބްރާހިމް މަހުދީ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ