ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި ދެ މީހަކު މަރުވެފައި އޮއްވާ ފެނިގެން އެކަން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން މިހާރު އެ ގޭގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ އަންހެނަކާއި ފިރިހެނެއް ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 60 އަހަރުގެ އިބްރާހިމް އަބްދުﷲ އާއި އުމުރުން 52 އަހަރުގެ ފަރަހަނާޒް ރަޝީދު އެވެ. ފުލުހުން ބުނީ މި މައްސަލާގައި މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މިއީ ދެމަފިރީންނެވެ. އެ މީހުން މަރުވެފައި އޮއްވާ ފެނިފައި ވަނީ އެމީހުން މިހާރު ދިރިއުޅޭ ގެއިން ކަމަށް ވެސް އެނގިފައިވެ އެވެ.


