ވައިގަދަވާނެ ކަމަށްް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި

ޚަބަރު ފަހުގެ

މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ.

އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ ހެނދުނު 09:30 ހުން ފެށިގެން މެންދުރުފަހު 13:30 ހަށެވެ. މެޓުން ބުނީ ޔެލޯ އެލާޓް ނެރެފައިވާ ވަގުތުތަކުގައި އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލު ބާރުމިނުގައި ވައިޖެހޭނޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނޭކަމަށް ލަފާލުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ