ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް، ފަތުހުﷲ ސަސްޕެންޑްކޮށްފި

ޚަބަރު ފަހުގެ

ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ފަތުހުﷲ ޖަމީލް މޫސާ ސަސްޕެންޑްކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، އެއް މަސް ދުވަހަށް، މުސާރަ ނުލިބޭ ގޮތަށް ފަތުހުﷲ ސަސްޕެންޑް ކުރަން ނިންމީ، އޭނާއާ ގުޅޭ ގޮތުން ބެލި މައްސަލައަކާ ގުޅިގެން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ނިންމުން ނިންމީ، އިއްޔެ ބޭއްވި އެ ކޮމިޝަނުގެ 37 ވަނަ ޖަލްސާގައި ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ނަމަވެސް ފަތުހުﷲ ޖަމީލާ ގުޅޭ ގޮތުން ބެލީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެއެވެ.

ފަތުހުﷲ ޖަމީލްގެ މައްސަލައެއް ޖޭއެސްސީން 2023 ވަނަ އަހަރުވެސް ބެލިއެވެ. އެއީ ޖިނާއީ އިޖުރާތުގެ ގާނޫނާ ހިލާފުވެފައިވާކަމަށް ބުނެ އެ ކޮމިޝަނަށް އޭރު ހުށަހެޅި ސުލޫކީ މައްސަލައެކެވެ. ނަމަވެސް އެ ކޮމިޝަނުން ހަމަ އެ އަހަރު ވަނީ އެ މައްސަލަ ނުބަލަން ނިންމައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ