ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ސަސްޕެންޑްކޮށްފި

ޚަބަރު ފަހުގެ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ގާޒީ ފާއިޒު އިއްޔެ ސަސްޕެންޑްކުރީ 60 ދުވަހަށެވެ. މިކަމާ ގުޅޭ ގޮތުން ޖޭއެސްސީގެ ބަހެއް އަދި ނުލިބެ އެވެ.

ޖޭއެސްސީ އިން ގާޒީ ފާއިޒު ސަސްޕެންޑު ކުރިއިރު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުުގައި އިސްކޮޅު އުޅޭ ކަމަށް ފުލުހުން ތުހުމަތު ކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލަން އަމުރުކުރީ ފާއިޒް އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީގެ އިތުރުން އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި ކަމަށް ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާގެ މައްސަލަވެސް ކޯޓުގައި ބައްލަވަނީ ގާޒީ ފާއިޒް އެވެ.

މީގެ ކުރިީން، ނޮވެމްބަރު، 2021، ގައި ވެސް ޖޭއެސްސީ އިން ވަނީ ފާއިޒް ސަސްޕެންޑުކޮށްފަ އެވެ. އެ ފަހަރު އޭނާ ސަސްޕެންޑު ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މައްސަލަ ބެއްލެވި ގާޒީން “ރަހީނު” ކޮށްގެން ކަމަށް އޭނާ ވިދާޅުވާ އޯޑިއޯއެއް ލީކުވުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ