ކަންނެލި މަސްވެރިކަން ކުރިއެރުވުމަށް ކަނޑައަޅާފައިވާ ބިން، ވުޒާރާއާ ޙަވާލުކޮށްފި

ޚަބަރު ފަހުގެ

ރާއްޖޭގައި ކަންނެލީގެ މަސްވެރިކަން ކުރިއެރުވުމަށް ހުޅުމާލޭން ކަނޑައަޅާފައިވާ ބިން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ.)އިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ.

ކަނޑައަޅާފައިވާ ބިން ވުޒާރާއާ ޙަވާލުކުރުމަށް އެޗް.ޑީ.ސީ.ގައި އަދު ބޭއްވި ރަސްމިއްޔާތުގައި އެޗް.ޑީ.ސީ.ގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރެވެ. އަދި މާލީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ ޙުސައިން ޝާމެވެ. އަދި މަސްވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަޙުމަދު ޝިޔާމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކަންނެލި މަސްވެރިކަން ކުރިއެރުވުމާ ގުޅޭ ބިން މިހާރު ޙަވާލުކޮށްފައިވާއިރު، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ.) ފަންޑުގެ ދަށުން މި ބިމުގައި ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނޭ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

މި މަސައްކަތަކީ، މަސްވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމުގެ މަޤުޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވަޢުދުފުޅެކެވެ. އަދި ހަމަ އެހެންމެ، މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތް ތަރައްޤީކުރުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭން ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ