ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ ވައިޑައިގެންފި

ފަހުގެ ކުޅިވަރު

އިންފަންޓީނޯ އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޚަބާ ދެންނެވީ މިނިސްޓަރ އޮފް ޓުވަރިޒަމް އެންޑް އެންވަރމެންޓް ޠާރިޤް އިބްރާހިމް އާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވިސްގެ ރައީސް އަޙްމަދު ޠާރިޤް އާއި ފީފާގެ ރީޖަނަލް އޮފީސްގެ ހެޑް ޕްރިންސް ރޫފަސްގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތަލާލްއެވެ.

ފީފާގެ ރައީސަށް މަރުހަބާ ދެންނެވުމަށް ކުޅިވަރު ވުޒާރާގެ އިސް ބޭފުޅުންނާ ފުޓްބޯޅަ އާއިލާގެ ގިނައަދަދެއް މެންބަރުން ވަނީ ބައިވެރިވަޑައިގެންފައެވެ. އިންފަންޓީނޯގެ މި ދަތުރުފުޅަކީ އެފްއޭއެމްގެ ރައީސް ޠާރިޤްގެ ދައުވަތަކަށް ކުރައްވާ އެއްދުވަހު ދަތުރުފުޅެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އިންފަންޓީނޯ އަށް މަރުހަބާ ދެންނެވުމުގެ ގޮތުން ސަގާފީ އައިޓަމްތަކެވެސް ވަނީ ހުށަހަޅާދީފައެވެ.

މި ޒިޔާރަތުގައި އިންފަންޓީނޯ ރާއްޖޭގެ ރައީސުލްުމްހޫރިއްޔާ ޑރ. މުހައްޙައްމަދު މުއިއްޒުއާއި ބައްދަލު ކުރައްވާނެއެވެ. އަދި ރާއްޖޭގެ ކުލަބުތަކުގެ ވެރިންނާވެސް ބައްދަލުކުރައްވާނެއެވެ.

އުމުރުން މިހާރު 55 އަހަރުގެ އިންފަންޓީނޯ އަކީ އަސްލަކީ އިޓަލީއެވެ. ދިވެހި ފުޓްބޯޅަ އަލުން ކޮޅަށް ޖެހުމަށް އެފްއޭއެމުގެ ރައީސް އަހުމަދު ތޯރިގާއި އޭނާގެ ޓީމުން ކުރައްވާ މަސައްކަތްތައް ވެސް ބައްލަވާނެއެވެ. އިންފަންޓީނޯ އަކީ ކަންކަން އަމިއްލަފުޅަށް ތަޖުރިބާ ކުރައްވައި، އެކަން އިސްލާހު ކުރައްވައި، އެހީތެރިވެދެއްވަން ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.

މިއީ ފާއިތުވެދިޔަ 19 އަހަރު ތެރޭގައި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ