ޝޯޓްކޯސް 50 ގުނަ 4 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑް އަައުކޮށްފި

ކުޅިވަރު ފަހުގެ

ފިރިހެނުންގެ ޝޯޓްކޯސް 50 ގުނަ 4 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އައު ކޮށްފިއެވެ.

އަޒާން އަޒްމީލް ލަޠީފް، އިޒްޔާން ނާޒިމް، އިބްރާހީމް މަޢާދު ސާޖިދާއި، ލޫތް މުޙައްމަދު ހުސެއިން ހިމެނޭ ނިއުލެގޫންސް ސްވިމިންގ ކުލަބުގެ މި ޓީމުން މި ރެކޯޑު އައު ކޮށްފައިވަނީ ތައިލެންޑްގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް ޝޯރޓްކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ބެންގްކޮކް 2025 ގައި 01:44.98 އިން ރޭސް ނިންމައިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއިވެންޓު އެންމެ ފުރަތަމަ ފެތިކަމަށް ރެކޯޑު ކޮށްފައިވަނީ ހަމަ މި މުބާރާތުގެ 2024 ވަނަ އަހަރުގެ އެޑިޝަންގައެވެ.

އިބްރާހީމް މަޢާދު ސާޖިދު، އިޒްޔާން ނާޒިމް، ލޫތް މުހައްމަދު ހުސެއިނާއި، މުޙައްމަދު ހަމީމް އިބްރާޙީމް ޚަލީލު ހިމެނުނު ޓީމުން މި ރިލޭ އިވެންޓު އެފަހަރު ނިންމާފައިވަނީ 01:47.58 އިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ