މި އަހަރު ޖޫން 1 ކަކުން 30 ސެންޑެންބަރ ނިޔަލަށް ސިޓީ އަލީމްސް ކެފޭއިން ކުރިއަށް ގެންދިޔަ އަޟްޙާ އީދު ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފިއެވެ.
މިއަދު ހަވީރު އެ ކެފޭގައި އޮތް ރަސްމިއްޔާތުގައި ނަސީބުވެރިން ހޮވުމުގެ ގުރުއަތުލުން ނަގަވައިދެއްވީ ހަނިމާދޫ ސްކޫލް އެޑްމިނިސްޓޭޓަރ އަބުދުﷲ އާދަމެވެ.
އަޟްޙާ އީދު ޕްރޮމޯޝަނުގެ ނަސީބުވެރިން
* 3 ވަނަ : އަހުމަދު ނާފިޒް A088146
* 2 ވަނަ : ރަމީޒު A058622
* 1 ވަނަ : އަހުމަދު ޒަރީރު A156889
މި ޕްރޮމޯޝަންގައި 1 ވަނަ އިނާމުގެ ގޮތުގައި ބެންކޮކް ދެކޮޅު ޓިކެޓް ދެވުނުއިރު، ދެވަނަ އިނާމަކީ ސޯފާ ސެޓެކެވެ. އަދި ތިންވަނަ އިނާމުގެ ގޮތުގައި ބައިސްކަލެއް ލިބިގެންދާނެއެވެ.
ސިޓީ އަލީމްސް ކެފޭއިން މައުލޫމާތުދޭގޮތުގައި ނޮވެމްބަރ 1 ވަނަ ދުވަހު އިތުރު ޕްރޮމޯޝަނެއް ފަށާނެކަމަށެވެ. އެ ޕްރޮމޯޝަންގައި ބޮޑު އިނާމެއް ގޮތުގައި ހިމެނޭނީ އުމުރާ ދަތުރެއް ކަމަށްވެސް ސިޓީ އަލީމްސް ކެފޭއިން މައުލޫމާތުދެއެވެ.


