ހޭވައްލާ މަހާ ސަމާ” ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ކުޅިވަރު ފަހުގެ

އއ.ބޮޑުފޮޅަދޫ އާރު.ބީ.ޖީ. ސްޕޯރޓްސް ކުލަބާއި އެރަށު ކައުންސިލު ގުޅިގެން 2020 ޑިސެމްބަރ 16 ވަނަ ދުވަހުގައި ދެ ޖިންސަށް ހުޅުވައިލައިގެން ތަފާތު ކުޅިވަރު ހަރަކާތްތައް ހިމެނޭގޮތުން “ހޭވައްލާ މަހާސަމާ 2020 ” ގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ނިންމުމުގެ ރަސްމިއްޔާތު ރޭ ބޮޑުފޮޅަދޫ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންގޮސްފިއެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އއ.ބޮޑުފޮޅަދޫ ކައުންސިލުގެ ރައީސް ޝުޖާއު އާދަމް ބައިވެރިވަޑައިގަތެވެ. މީގެ އިތުރުން އާރު.ބީ.ޖީ. ސްޕޯޓްސް ކުލަބުގެ ރައީސް އިބްރާހިމް ނަސީމް އާއި ނައިބު ރައީސް ހަސަން ނާފިއުގެ އިތުރުން އެކުލަބުގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި ރަށުގެ އެކިއެކި މުއައްސަސާތަކުގެ ވެރިންގެ އިތުރުން ކުލަބު ޖަމިއްޔާތަކުގެ އިސްވެރިންވެސް ބައިވެރިވެފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހޭވައްލާ މަހާސަމާ ފުޓްސަލު މުބާރާތުގެ ވަނަތައް؛

  • ޗެންޕިއަން: ވައިޕީ ސްޓަރ
  • ރަނައަޕް ޓީމް: ސޯލޯ ލޯބޯ
  • އުންމީދީ ކުޅުންތެރިޔާ: އަލީ ޝިނާޒް، ޖޯޒީ ނަންބަރ 10، ޓެލެންޓޯ
  • އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ: އަލީ ސާހް، ޖޯޒީ ނަންބަރ 6 ، ވައިޕީ ސްޓަރ
  • މޮޅު ކުޅުންތެރިޔާ: އަލީ ސާހް، ޖޯޒީ ނަންބަރ 6 ، ވައިޕީ ސްޓަރ
  • އެންމެ މޮޅު ކޯޗް : އާދަމް ޝަހީމް، ސޯލޯ ލޯބޯ
  • މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން:
  • އަލީ ސާހް ( ޖޯޒީ ނަންބަރ 6 ވައިޕީ ސްޓަރ)
  • ހުސެއިން ނަވާޒް ( ޖޯޒީނަންބަރ 5 ސޯލޯ ލޯބޯ )
  • އަހުމަދު ރިއުޝާން ( ޖޯޒީނަންބަރ 8 ސޯލޯ ލޯބޯ )
  • އިބްރާހިމް ރަފްހާން ( ޖޯޒީ ނަންބަރ 10 ވައިޕީ ސްޓަރ)
  • ޔަޒްދާން އަލީ ( ޖޯޒީ ނަންބަރ 21 ވައިޕީ ސްޓަރ)

މި ވަނަތަކަށް އިނާމު ހަވާލުކޮށްދެއްވީ އާރު.ބީ.ޖީ. ސްޕޯރޓްސް ކުލަބުގެ ނައިބު ރައީސްއެވެ. އަދި މުބާރާތުގެ ޗެންޕިއަން ޓީމަށް ޓްރޮފީ އާއި މެޑަލް އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ އއ.ބޮޑުފޮޅުދޫ ކައުންސިލުގެ ރައީސް ޝުޖާއު އާދަމްއެވެ.

މި މުބާރާތުގެ ޗެންޕިއަންކަށް ސޯލޯލޯބޯ އާއި ބައްދަލުކޮށް ވައިޕީ ސްޓަރ ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމަށްވެސް ގޯލެއް ކާމިޔާބު ނުވެ އެއްވަރުވުމުގެ ސަބަބުން ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ.

ހޭވައްލާ މަހާސަމާ ގެ އަންހެން ވޮލީ މުބާރާތުގެ ވަނަވަނަ އަށް ހޮވުނު ކުޅުންތެރިންނަށާއި ރަނައަޕް ޓީމަށް ޓްރޮފީ ހަވާލު ކޮށްދެއްވީ އާރު ޖަމިއްޔާގެ މެމްބަރ އަބްދުލްބާރީ އެވެ.

އަންހެންވޮލީ މުބާރާތުގެ މޮޅު ކޯޗަކަށް ސްޓްރެއިންޖާރސް ޓީމްގެ ކޯޗް އަންވަރު އަލީ ހޮވުނު އިރު މުބާރާތުގެ އެންމެމޮޅު 6 ކުޅުންތެރިންނަށް ހޮވިފައިވަނީ ސްޓްރޭންޖާރސް ގެ ސެޓަރ އިރުޝާދާ ހާލިދު، ހަމަ އެޓީމްގެ އާރިފާ މުހައްމަދު އާއި ޒަމީރާ އިސްމާއިލްގެ އިތުރުން ނުގުޑާނެ ޓީމްގެ އަނޫޒާ މޫސާ އާއި އައިޝަތު ވިރާސާގެ އިތުރުން އެޓީމުގެ ޤަފޫރާ ޢަބްދު ﷲ އެވެ.

ވޮލީ މުބާރާތުގެ ޗެންޕިއަން ޓީމަކީ ސްޓްރޭންޖާރސް އެވެ. ޗެންޕިއަން ޓްރޮފީއާއި ފައިސާގެ އިނާމްއާއި މެޑަލް ހަވާލުކޮށް ދެއްވީ މަހާސަމާގެ މެއިން ސްޕޮންސަރ ކޮރަލް ސްޕީޑްގެ ފަރާތުން އަހުމަދު ފިރާގްއެވެ.

ޕާރކްވޮލީ މުބާރާތުގެ މޮޅު 4 ކުޅުންތެރިންނަށާއި ރަނައަޕް ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ މުބާރާތުގެ އިންތިޒާމްކޮމިޓީގެ އިސްކޮށް ހަރަކާތްތެރިވި ހަސަން މޫސާ އެވެ. މޮހޮރޮ ޓީމްގެ އަންވަރު އަލީ އާއި ބަދަވިންސް ޓީމްގެ މޫސާ ރަޒީލް ގެ އިތުރުން ޖަންތާގަރާޖް ޓީމްގެ އަލީ ޝަހީމް އަދި އެޓީމްގެ ހަސަން ނާފިއުވަނީ މޮޅު 4 ކުޅުންތެރިންގެ ޓްރޮފީ ހޯދާފައެވެ.
ޕާރކް ވޮލީ މުބާރާތުގެ ހުރިހާގޮތަކުން އެންމެ މޮޅުކުޅުންތެރިޔާގެ މަގާމް ލިބިފައިވަނީ ޖަންތާގަރާޖް ޓީމްގެ ޖޯޒީ ނަންބަރ 11 ހަސަން ނާފިއުއަށެވެ.

ޕާރކް ވޮލީ މުބާރާތުގެ ޗެންޕިއަންޓީމަށް ޓްރޮފީ އާއި މެޑަލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ކެޕްޓަން މޯލްޑިވްސްގެ އެމްބެސެޑަރ މުހައްމަދު ޝިރުހާންއެވެ. ޗެންޕިއަންޓީމްއަކީ ޖަންތާގަރާޖްއެވެ.

މީގެ އިތުރުން ހޭވައްލާ މަހާ ސަމާ ބަށިމުބާރާތުގެ އިސް ޖަޖު އަހުމަދު މުހައްމަދު ވަނީ ރަނައަޕް ޓީމް އަށާއި މަގާމްތަކަށް ހޮވުނު ކުޅުންތެރިންނަށް ޓްރޮފީ ހަވާލު ކޮށްފައެވެ.

ބަށި މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިޔާގެ މަގާމު ހިތްވަރު ޓީމްގެ ޖޯޒީ ނަންބަރ 9 ޤަފޫރާ ޢަބްދު ﷲ އަށް ލިބިފައިވާއިރު އެންމެ މޮޅު ހިފުންތެރިޔާގެ އިތުރުން ބަށިރާނީގެ ޝަރަފްވެރި މަގާމް ހޯދީ އުޖާލާތަރި ޓީމްގެ ޖޯޒީ ނަންބަރ 9 ޝަހީމާ މުހައްމަދުއެވެ. ބަށި މުބާރާތުގެ ރަނައަޕް ޓީމަކީ ހިތްވަރު ޓީމެވެ. މިމުބާރާތުގެ ޗެންޕިއަންކަން ހޯދި އުޖާލާތަރިއަށް ޓްރޮފީ އާއި ފައިސާގެ އިނާމްގެ އިތުރުން މެޑަލް ހަވާލުކޮށްދެއްވީ އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް އިބްރާހިމް ނަސީމްއެވެ.

މިހަފުލާގައި ވަނީ ހޭވައްލާ މަހާސަމާ ގެ އިންތިޒާމް ކޮމިޓީގައި ހަރަކާތްތެރިވެދެއްވި ބޭފުޅުންނަށް އެކަމުގެ އަގު ވަޒަންކޮށް އާރުބީޖީ ސްޕޯރޓްސް ކުލަބުން ދޭ ހަނދާނީ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. ސެޓްފިކެޓް ހަވާލުކޮށްދެއްވީ އާރުބީޖީ ސްޕޯޓްސްގެ ހިންގާ ކޮމިޓީގެ އިވެންޓް އޮގަނައިޒަރ އާދަމް އިބްރާހިމް އެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ފުޓްސަލް ޓީމްގެ ކުޅުންތެރިޔާ އަދި އައްޑޫ ގައި 2020 ވަނަ އަހަރު ކުރިއަށް ގެންދިޔަ ވަގުތު ފުޓްސަލް މުބާރާތުގެ އެންމެމޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ”މުހައްމަދު ޝިރުޚާން އަށް ”ކެޕްޓަން މޯލްޑިވްސް” ގެ އެމްބެސެޑަރ ކަން ހަވާލުކުރުންވެސް މި ރަސްމިއްޔާތުގައި ކުރިއަށް ގެންދިޔައެވެ. ކެޕްޓަން މޯލްޑިވްސްގެ އެދުމާއި އެކު މި ނަންބަރު ފުރިހަމަކޮށްދެއްވީ އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް އިބްރާހިމް ނަސީމް އެވެ.

ގޮށްކޮޅަށް މައުލޫމާތު ދެމުން އާރުބީޖީގެ ރައީސް ވިދާޅުވީ 2020 ވަނަ އަހަރުގެ ހަރަކާތްތައް ނިންމާލެވުނީ 2021 އަހަރުން ދެތިން ދުވަސް ލައިގެން ކަމަށާއި އުންމީދު ކުރިވަރަށްވުރެވެސް އިތުރަށް 2020 ވަނަ އަހަރު ކުލަބުގެ ހަރަކާތްތަށް ހިންގިއްޖެކަމަށެވެ. އަދި 2021 ވަނަ އަހަރަކީ ކުލަބުގެ މެމްބަރުންނަށާއި ކުލަބަށާއި ރަށަށް އެކިއެކި ދާއިރާތަކުން ކުރިއެރުން ހޯދައިދޭން މަސައްކަތް ކުރަން ޖެހޭނެ އަހަރެއް ކަމަށާއި ނިމިދިޔަ އަހަރު އއ.ބޮޑުފޮޅުދޫ ކައުންސިލް އިން ދެއްވި ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކޮށް ކުލަބުގެ އެންމެހައި މެމްބަރުންގެ ނަމުގައި ޝުކުރު އަދާކުރާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ