މާލެ އިން ގެއްލިގެން ހޯދަމުން ދިޔަ ނޭޕާލް އަންހެން މީހާ ފަސް ދުވަސް ފަހުން ފެނިއްޖެއެވެ.
ޕޫރްނީމާ ގަޖްމާ ނަމަކަށް ކިޔާ އުމުރުން 19 އަހަރުގެ އެ އަންހެން މިދިޔަ އަންގާރަ ދުވަހުގެ 14:00 އެހާކަންހާއިރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އިރުއޮއްސި 18:56 ހާއިރެވެ.
ފުލުހުން މިއަދު ވިދާޅުވީ، ޕޫރްނީމާ ގަޖްމަރ މިއަދުގެ ގުތެއްގައި ފެނިފައިވާ ކަަމަށެވެ.
ފުލުހުން ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ވިދާޅުވެފައެވެ.


