ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހަތަރު މެންބަރުން އައްޔަނުކުރައްވައިފި

ޚަބަރު ފަހުގެ

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހަތަރު މެންބަރުން އައްޔަނުކުރައްވައިފިއެވެ.

އެ ކޮމިޝަނަށް ރައީސް މިއަދު އައްޔަނުކުރެއްވީ ޝުއައިބު އަބްދުއްރަޙުމާންއާއި ޝިފާޒު އަލީއާއި އަލީ މުޙައްމަދު މަނިކުގެ އިތުރަށް ފާތިމަތު ޝަރީފެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެންއައިސީގެ ހަތަރު މެންބަރެއްގެ ދައުރު މިއަދު ހަމަވާތީ، އެ ކޮމިޝަނަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލީ މިދިޔަ އޮގަސްޓު 20ގައެވެ. އެ މުއްދަތު މިދިޔަ މަހު ހަތަކަށް ވަނީ ހަމަވެފައެވެ.

އިންޓެގްރިޓީ ކޮމިޝަންގެ މަސްއޫލިއްޔަތަކީ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ޚިލާފު ކަންކަން ބަލައި ތަހުގީގުކޮށް، ފިޔަވަޅު އެޅުމެވެ. އަމިއްލައަށް އެ ފަދަ މައްސަލަތައް ބެލުމުގެ އިޚުތިޔާރު ވެސް އެ ކޮމިޝަނަށް ލިބެއެވެ.

ކޮމިޝަން އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ