އައްޑޫ ބްރިޖްގެ ކޮންސަލްޓަންސީ ޗައިނާ ކުންފުންޏަކަށް

ޚަބަރު ފަހުގެ

އައްޑޫ ހިތަދު އާއި ހުޅުދޫ-މީދޫ އާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖްގެ ކޮންސަލްޓަންސީ މަސައްކަތް ޗައިނާގެ ކުންފުންޏަކާ 1.02 މިލިއަން ޑޮލަރަށް ހަވާލުކޮށްފި އެވެ.

އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ޗެން ޒިއާހޫ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ޓީވައި ލިން އިންޓަނޭޝަލް އިންޖިނިއަރިން ކޮންސަލްޓިންއާ އެކު އެވެ.

ހިތަދޫ-ހުޅުމީދޫ ބްރިޖު ވާނީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ދިގު ބްރިޖަށެވެ. އެ ބްރިޖުގެ ދިގުމިނަކީ 13-15 ކިލޯ މީޓަރެވެ. ކަނޑުގައި ރާއްޖޭގައި ފުރަތަމަ އެޅި ސިނަމާލެ ބްރިޖުގެ ދިގުމިނަކީ 1.3 ކިލޯ މީޓަރެވެ. މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލަން އަޅާ ބްރިޖުގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ.

ބްރިޖްގެ ކޮންސަލްޓަންސީ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކުރިއިރު ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ބްރިޖް މަޝްރޫއުގެ ސާވޭގެ މަސައްކަތެއް މިދިޔަ ފެބަރުއަރީ 19 ގައި މިސްރުގެ “ދަ އަރަބް ކޮންޓްރެކްޓާސް – އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ” އާ ވެސް ހަވާލުކުރި އެވެ.

މިސްރުގެ އެ ކުންފުންޏާ ހަވާލުކުރީ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ކުރުމަށް ކަމަށް އޭރު ހައުސިން މިނިސްޓްރީން ބުނެފައި ވެ އެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ