އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ

ޅ. އޮޅުވެލިފުށި ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އޮޅުވެލިފުށްޓަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. އޮޅުވެލިފުށީގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ.

މި މަޝްރޫޢުގެ ދަށުން 7534 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރީން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 49،857 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 14،160 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 164 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 172 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 156 މީޓަރުގެ ސަރަހައްދެއްގައި ބޭރުތެރެއަށް ވެލިތޮއްޓެއް ޖެހުމާއ،ި 156 މީޓަރުގެ ސަރަހައްދެއްގައި އެތެރެވަރިއަށް ވެލިތޮއްޓެއް ޖެހުމާއ،ި 246 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށްޓެއް ލުމަށްވެސް ހަމަޖެހިފައިވެއެވެ.

ހަމައެހެންމެ 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 27 މީޓަރު ދިގު 5 މީޓަރު ފުޅާ އާރްސީ ބްރިޖެއް ހެދުމާއި، 132 މީޓަރު ދިގު 2 މީޓަރު ފުޅާ އާރްސީ ޖެޓީއެއް ހެދުމާއި، 1149 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓެއް ހެދުމާއި، ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ. އަދި ފެރީ ބަނދަރު ކުރަން އެކްސަސް ޕްލެޓްފޯމެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 66.40 މިލިޔަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ