އޮސްޓްރޭލިޔާ ސަރުކާރުން ކަސްޓަމްސްއަށް ސަރވައިލަންސް ޑްރޯންތަކެއް ހަދިޔާކޮށްފި

ޚަބަރު ފަހުގެ

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބޭނުމަށް، އޮސްޓްރޭލިޔާގެ ސަރުކާރުން ބެލެހެއްޓުމުގެ މަސައްކަތަށް އެހީތެރިވެދޭނެ ސަރވައިލަންސް ޑްރޯންތަކެއް ހަދިޔާކޮށްފިއެވެ. މި ޑްރޯންތައް ހަދިޔާކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކަސްޓަމްސްގެ މައި އިދާރާގައެވެ.

އޮސްޓްރޭލިޔަން ބޯޑަރ ފޯސްގެ ފަރާތުން ރާއްޖޭގެ ކަސްޓަމްސް ސަރވިސްއަށް މި ޑްރޯންތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑޭވިޑް ޖެސަޕްއެވެ. ކަސްޓަމްސްގެ ފަރާތުން މި އެހީއާއި ހަވާލުވެވަޑައިގަތީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ފާތިމަތު ދިޔާނާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވަނީ ޑްރޯންތައް ހަދިޔާކުރެއްވުމަށްޓަކައި އޮސްޓްރޭލިޔާގެ ސަރުކާރަށާއި އެ ޤައުމުގެ ބޯޑަރ ފޯސްއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ފަދަ އެހީތެރިކަމެއް ލިބުމުގެ ސަބަބުން ބޯޑަރ އެންފޯސްމަންޓްގެ މަސައްކަތްތަކާއި، ބަނދަރުތައް ބެލެހެއްޓުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ވަރުގަދަވެގެންދާނެކަން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާހަގަކުރެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ