ނޮވެންބަރު 3 ގެ ހަނދާނީ އައްޑަނަ، ޝަހީދުންގެ އާއިލާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުވައިފި އެވެ.
ޝަހީދުންގެ އާއިލާތަކަށް މި އައްޑަނަ އަރުވާފައި ވަނީ، ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިންނެވެ.
މި ހަނދާނީ އައްޑަނައަކީ އެ ދުވަހުގެ ހަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި އާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދީފައިވާ އައްޑަނައެކެވެ.
ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި 19 ބޭފުޅަކު ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި އާންމުންގެ 11 ބޭފުޅަކާއި، ސިފައިންގެ 8 ބޭފުޅަކު ހިމެނެ އެވެ.
ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ބޭފުޅުން
- ޝަހީދު ސާރޖަންޓް ކުޑައާދަމް ކުޑަތުއްތު
- ޝަހީދު ލެފްޓިނެންޓް ކުޑަނެވި ތުއްތު މަނިކު
- ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދު
- ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމް
- ޝަހީދު ސާޖަންޓް އާދަމް ނަޞީރު
- ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރު
- ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަން
- ޝަހީދު ކޯޕްރަލް ޙުސައިން އާދަމް
- ޝަހީދު އިސްމާޢީލް ޙަލީމް
- ޝަހީދު އިބްރާހީމް ޙަމީޒު
- ޝަހީދު ޢުމަރު އަހްމަދު
- ޝަހީދު އަޙްމަދު ލަބީބު
- ޝަހީދު އިބްރާހީމް ޙުސައިން
- ޝަހީދު ޢަބްދުއްޞައްތާރު އާދަމް
- ޝަހީދު ޢަބްދުއްރަޙްމާން އާދަމް
- ޝަހީދު އަޙްމަދު ރަޝީދު
- ޝަހީދު ޙަސަން ޒަރީރު
- ޝަހީދު ޖަވާދު ޢުމަރު
- ޝަހީދު ޙުސައިން ޢަބްދުއްރަޙްމާން ( ދޮންމަނިކު )
ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 1988 ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖޭގެ ބަޔަކު ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ރާއްޖެއަށް ނަސްރު ލިބުނު ދުވަހުގެ ގޮތުގަ އެވެ.


